ގޯއްޗާއި ފުލެޓް ޙަވާލުކުރުން ލަސްވާ މައްސަލާގައި ރައްޔިތުންގެ މަޖިލިސްދޮށަށް އެއްވެ މުޒާހިރާކޮށްފި

ގޯއްޗާއި ފުލެޓް ޙަވާލުކުރުން ލަސްވާ މައްސަލާގައި ރައްޔިތުންގެ މަޖިލިސްދޮށަށް އެއްވެ މުޒާހިރާކޮށްފި
ލިޔުން:
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާ ފުލެޓް ލިބުނު ފަރާތްތަކަށް ގޯއްޗާއި ފުލެޓް ޚަވާލުކުރުން ލަސްވާ މައްސަލާގައި ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވެ މިއަދު މުޒާހިރާ ކޮށްފިއިވެއެވެ.
ގޯއްޗާއި ފުލެޓް ޙަވާލުކުރުން ލަސްވާ މައްސަލާގައި އެކަމާގުޅުންހުރި ޔޫނިއަންތަކާ ރައީސް ޑރ.މުއިއްޒުވަނީ ބައްދަލުކުރައްވައި ހައްގުވެރިފަރާތްތަކަށް ގޯއްޗާއި ފުލެޓް ޙަވާލުކުރުން އަވަސްކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ފުލެކެޓް ލިބޭ ފަރާތްތައް މިމަހުގެ ނިއަލަށް ކަނޑައަޅުއްވާނެކަމަށްވެސް އެ ބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ބިންވެރިޔާ ސްކީމުން ގުޅީފަޅުންނާއި ގިރާވަރު ފަޅުން ގޯތި ކަނޑައި ދިނުމަށް ކުރަންޖެހޭ ކަންކަން ވަރައް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުންވަނީ ގުޅީފަޅާއި ގިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސް ގްޅީފަޅުގައި ޕޯޓް އެޅުމަށް ކަނޑައަޅާފައިވާ ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމައި އަދި ގުޅީފަޅު ފަޅުތެރެއިން އިތުރަށް ބިންހިއްކަން ނިންމައި ގުޅީފަޅުން ދެވޭ ގޯތީގެ އަދަދު އިތުރުކޮށް ގިރާވަރު ފަޅުން ގޯތިލިބޭ ފަރާތްކުން ގުޅީފަޅަށް ބަދަލުވުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދުނު ފަތާތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތްތަކަށް ގުޅީފަޅުން ގޯތި ދިނުމަށް ނިންމާފައެވެ.
ހުޅުމާލެ ފޭސް 3 އިން ގޯތި ލިބޭ ފަރާތްތަކަށްވެސް ގޯތި ކަނޑައިދިނުން އަވަސްކުރުމަށްޓަކައި ފޭސް 3 ހިއްކުން އަވަސްކުރުމަށްވެސް ސަރުކާރުންގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
