
ބެލެހެއްޓެނީ ހިމާޔަތްކޮށްފައިވާ ފަސް ސަރަހައްދު އެކަނި: މިނިސްޓަރު
ބެލެހެއްޓެނީ ހިމާޔަތްކޮށްފައިވާ ފަސް ސަރަހައްދު އެކަނި: މިނިސްޓަރު
ލިޔުން:
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ 96 ސަރަހައްދުން ބެލެހެއްޓެނީ އެންމެ 5 ސަރަހައްދުކަމަށް އެންވާރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޠާރިޤު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޝުޖާއު ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ އެތަށް ތަނެއް ހިމާޔަތް ކުރި ނަމަވެސް އެތަންތަން ބެލެހެއްޓިފައި ނުވާކަމަށް ވިދާޅުވެ އެތަންތަން ބެލެހެއްޓުމަށް ކުރާ މަސައްކަތްތަކަކީ ކޮބާތޯ ސުވާލު ކުރައްވާފަ އެވެ.
ދުނިޔޭގެ ތާރީހުގަ މިހާތަނަށް އެންމެ ގިނައިން ނަމުން ތަންތަން ހިމާޔަތްކޮށްފަ އޮތީ އެމްޑީޕީ ސަރުކާރުގަ. އަޅުގަނޑުމެން ރަށޫ ކުޅިވެސް އޮތީ ހިމާޔަތްކޮށްފަ. މި ހިމާޔަތް ކުރާ ތަންތަން ބެލެހެއްޓުމަށް އެއްވެސް ކަހަލަ ފިޔަވަޅުތަކެއް އަޅާތޯ؟ މި ތަންތަން ހިމާޔަތް އެއީ ހަމައެކަނި ނަމެއްގަ އެހެން އިއުލާނެއް ކޮށްލުން ކަހަލަ ގޮތަކަށް އެބޭފުޅުން ކޮށްފަ އޮތް ކަމެއްތޯ؟
ޝުޖާއުގެ ސުވާލުގެ ޖަވާބުގައި ޠާރިޤު ވިދާޅުވީ ރާއްޖޭގެ 96 ސަރަހައްދެއް ހިމާޔަތް ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން ރަނގަޅު ގޮތުގައި ބެލެހެއްޓެނީ އެންމެ 5 ތަން ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ތަންތަން މެނޭޖް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ސަރުކާރުގެ އެއް އަމާޒަކީ ވީހާވެސް ގިނަ ސަރަހައްދުތަކެއް ހިމާޔަތްކޮށް މެނޭޖް ކުރެވޭނެ ތަންތަނަށް ހެދުން. މެނޭޖްމެންޓް ޕްލޭން ހަދައިގެން.
ޠާރިޤު ވިދާޅުވީ މިހާރު އޮތް 5 ތަނުގެ އިތުރުން ވީހާވެސް ގިނަ ތަނެއް މެނޭޖްކޮށް އެތަންތަނުން ނަފާ ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މި މަސައްކަތް ކުރުމަށާއި މި މަސައްކަތަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިހާރުވެސް ފައިސާ ލިބެމުންދާ ކަމަށް ޠާރިޤު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
