މާލެ: 31°C

ބީއެމްއެލްގެ ޚާއްސަ އާންމު ޖަލްސާއެއް؛ ބޭނުމަކީ ޝަރީފް ބޯޑަށް އައްޔަންކުރުން

ބީއެމްއެލްގެ ޚާއްސަ އާންމު ޖަލްސާއެއް؛ ބޭނުމަކީ ޝަރީފް ބޯޑަށް އައްޔަންކުރުން
October 21, 2024
2 ފަހަރު ބަލާފައި
ބީއެމްއެލްގެ ޚާއްސަ އާންމު ޖަލްސާއެއް؛ ބޭނުމަކީ ޝަރީފް ބޯޑަށް އައްޔަންކުރުން
ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް މުޙައްމަދު ޝަރީފު އައްޔަންކުރުމަށް ޚާއްޞަ އާންމު ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ. ބީއެމްއެލްގެ ޚާއްޞަ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30ވަނަ ދުވަހުގެ މެންދުރުފަހު 2:30ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ އޮންލައިން މީޓިންގ މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 28ވަނަ ދުވަހުގެ މެންދުރުފަހުގެ 2:30ގެ ނިޔަލަށް އެބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށެވެ. ބޭންކުގެ ހިންގާ ގަވާއިދުގެ 47 ވަނަ މާއްދާގައިވާގޮތުން، ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ 11 މެންބަރުންގެ ތެރެއިން މަދުވެގެން 8 ޑިރެކްޓަރުންނަކީ ސަރުކާރުގެ ފަރާތުން ބޯޑަށް އައްޔަންކުރާ ޑިރެކްޓަރުންކަމުގައި ވާންޖެހެއެވެ. އަނެއް 3 މެންބަރުންނަކީ ޢާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަންކުރާ މެންބަރުންނެވެ. ލިސްޓެޑް ކުންފުނިތަކުން އަމަލުކުރުމަށް ލާޒިމުކުރާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބަޔާންކޮށްފައިވަނީ ޑިރެކްޓަރުންގެ ބޯޑުގައި މަދުވެގެން ދެ އެގްޒެކެޓިވް ޑިރެކްޓަރުން ހިމަނަން ޖެހޭނެއެވެ. މީގެ ތެރެއިން އެއް މެންބަރަކީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކަމުގައި ވާންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި ކާރލް ސްޓުމްކަ ވަނީ 21 ސެޕްޓެމްބަރުގައި މަގާމުން އިސްތިއުފާ ދެއްވައި، ބީއެމްއެލްގެ ބޯޑުން ވަކިވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ