މާލެ: 31°C

މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެއްގައި ކޯޓް އަމުރެއްގެ ދަށުން 3 ގެއެއް ބަލައި ފާސްކޮށް 3 މީހަކު ފުލުހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެއްގައި ކޯޓް އަމުރެއްގެ ދަށުން 3 ގެއެއް ބަލައި ފާސްކޮށް 3 މީހަކު ފުލުހުން ހައްޔަރުކޮށްފި
October 21, 2024
2 ފަހަރު ބަލާފައި
މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެއްގައި ކޯޓް އަމުރެއްގެ ދަށުން 3 ގެއެއް ބަލައި ފާސްކޮށް 3 މީހަކު ފުލުހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކޯޓު އަމުރުގެ ދަށުން 3 ގެއެއް ބަލައިފާސްކޮށް 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިމަހުގެ 19 ވަނަ ދުވަހުއެވެ. އަދި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ކަލައިދޫ އެވަރގްރީން 22 އަހަރުގެ މުޙައްމަދު އައިޝަރު ޔޫސުފް އާއި، ކ. ކާށިދޫ އަންދަލީބުގެ 19 އަހަރުގެ މުޙައްމަދު މައިހާން ފަޔާޒް އާއި އަދި ދ. ކުޑަހުވަދޫ  ރަނަކުރި 31ވ އަހަރުގެ އިބްރާހީމް މާޖިދު އެވެ. ފުލުހުން ބުނެފައިވަނީ އެ 3 މީހުން ހައްޔަރުކޮށް، 3 ގެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 86000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށާއި، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1142.04 ގްރާމެވެ. އަދި މައްސަލައާ ގުޅިގެން އެ 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އައިޝަރު ޔޫސުފް 15 ދުވަހަށް އަދި މުޙައްމަދު މައިހާން ފަޔާޒާއި އިބްރާހީމް މާޖިދު ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ