މާލެ: 31°C

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިއާގެ އިންސިފް ޔުނިވަރސިޓީއާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިއާގެ އިންސިފް ޔުނިވަރސިޓީއާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި
October 21, 2024
2 ފަހަރު ބަލާފައި
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިއާގެ އިންސިފް ޔުނިވަރސިޓީއާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިއާގެ އިންސިފް ޔުނިވަރސިޓީއާ ދެމެދު ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ފަންނީ އެހީތެރިކަމާއި މުވައްޒަފުން ތަމްރީނުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަސައްކަތް ކޮށްދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި އެ އެމްއޯޔޫ އަކީ އިސްްލާމީ އިޤުތިޞާދު ކުރިއެރުވުމަށް މަސައްކަތްކުރުމާއި، ޒަކާތު ހައުސް އަށް ފަންނީ އެހީތެރިކަމާއި، ޒަކާތު ހައުސް އަށް މުވައްޒަފުން ތަމްރީނު ކުރުމާއި ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ސޮއިކުރެވުނު އެމްއޯޔޫ އެކެވެ. އެ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ޒަކާތު ހައުސްގެ ވަފްދު މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިންނެވެ. އެ އެމްއޯޔޫގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އުސްތާޛު އިއްޒައްދީން ޢަދްނާން އެވެ. މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮފެސަރ ޑރ ޢައިޝަތު މުނީޒާއެވެ. ދިވެހިރާއްޖޭގެ ޒަކާތުހައުސްގެ ވަފުދު މެލޭޝިޔާއަށް ކުރާ ދަތުރަކީ މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާބެހޭ އިދާރާގެ ވަޒީރު ޕްރޮފެސަރ ޑރ މުޙައްމަދު ނަޢީމް މުޚްތާރުގެ ދަޢުވަތަކަށް، އެއިދާރާގެ މެހްމާންދާރީގައި ކުރާ ދަތުރެކެވެ. ރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދުން ވަނީ މެލޭޝިޔާގެ ޒަކާތު އޮފީސްތަކަށް ވަޑައިގެން ތަމްރީނު ހޯއްދަވާފައެވެ. ދިވެހިރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެއް ޤާއިމު ކޮށްދެއްވީ ރައީސުލް ޖުމުހޫރިއްޔާ ޑރ މުޢިއްޒު އެވެ. ޒަކާތު ހައުސް އިފްތިތާޙު ކޮށްދެއްވީ 18 ޑިސެންބަރު 2023 ގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ