
ބެންކޮކުން ރާއްޖެގެނައި 3 މިލިއަން ރުފިޔާގެ ޑްރްގްސް އަތުލައިގަނެ ދިވެއްސަކު ހައްޔަރުކޮށްފި
ބެންކޮކުން ރާއްޖެގެނައި 3 މިލިއަން ރުފިޔާގެ ޑްރްގްސް އަތުލައިގަނެ ދިވެއްސަކު ހައްޔަރުކޮށްފި
ލިޔުން:
ރާއްޖެއަށް އެތެރެކުރަން އުޅުނު 1ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ވައިގެ މަގުން ބެންކޮކުން ރާއްޖެ އައި އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއްގެ ލަގެޖުންނެވެ.
ކަސްޓަމްސްއިން ވިދާޅުވީ މިތަކެތި އަތުލައިގެންފައިވަނީ ދިވެހި ފިރިހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައިކަމަށެވެ.
އަދި އޭނާގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ވަނީ ޕޮޒިޓިވް ވެފައިވާކަމަށެވެ. މިތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 1.86 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 3,348,000.00 (ތިން މިލިއަން ތިންލައްކަ ސާޅީސް އަށްހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
ކަސްޓަމްސްއިން ވިދާޅުވި ގޮތުގައި މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
