
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މަގުމަތީ ސަލާންޖަހަން އުޅޭ މީހުން ހައްޔަރުކުރަން ފަށައިފި: ފުލުހުން
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މަގުމަތީ ސަލާންޖަހަން އުޅޭ މީހުން ހައްޔަރުކުރަން ފަށައިފި: ފުލުހުން
ލިޔުން:
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މަގުމަތީ ސަލާންޖަހަން އުޅޭ މީހުންނާއި، ވައްކަމާއި ފޭރުމާއި އަދި މަސްތުގެ ހާލަތުގައި ތިބޭ މީހުން ހައްޔަރުކުރުމަށް ހާއްސަ އޮޕްރޭޝަނެއް ފުލުހުންނާއި ނެޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެ އޮޕަރެޝަނާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ސުޕްރިޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ އެ އޮޕަރޭޝަނުގެ ތެރެއިން ބަންދު ކުރަނީ, މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މަގުމަތީގައި ސަލާންޖަހަން އުޅޭ މީހުންނާއި، ވައްކަމާއި ފޭރުން ފަދަ އެކއެކި ކުށްތަކަށް އަރައިގަންނަ މީހުންނާއި އަދި މަސްތުގެ ހާލުގައި މަގުމަތީގައި އުޅޭ މީހުން ކަމަށެވެ.
އަދި އޭގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރަ މީހުންގެ ތެރެއިން މިސްކިތްތަކުގައި ނިދައިހަދާ މީހުންވެސް ހައްޔަރުކުރާނެކަމަށް ސުޕްރިޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވިއެވެ.
އިތުރަށް މައުލޫމާތު ހިއްސާކުރައްވަމުން ސުޕްރިޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ މި މަހުގެ 9 ވަނަ ދުވަހު ފަށާފައިވާ އެ އޮޕަރޭޝަނުގައި މިހާތަނަށް 14 މީހުން ހައްޔަރުކޮށް ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރ ގައި ބަންދުކޮށްފައިވާ ކަމަށާއި، އެ މީހުން ދޫކޮށްނުލައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
