
ހައްޖާއި އުމުރާ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު
ހައްޖާއި އުމުރާ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު
ލިޔުން:
ރާއްޖޭގައި ބާއްވާ ފުރަތަމަ ހައްޖު އުމްރާ ކޮންފަރެންސް މި މަހުގެ 31 ވަނަ ދުވަހުގައި ބާއްވަން ކަނޑައަޅައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ކޮންފަރެންސް ބޭއްވުމުގެ މަގްސަދަކީ ހައްޖާއި އުމްރާގެ އަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމާއި، ހައްޖާއި އުމްރާގެ ހިދުމަތް ދެމުން އަންނަ ކުންފުނިތަކުގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށެވެ.
މިއީ ހައްޖާ އުމްރާގެ ނިޒާމު ހަރުދަނާކުރުމަށް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކޮންފަރެންސެއް ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
އެ ކޮންފަރެންސްގައި ބައިވެރިވާން ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.
މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ކޮންފަރެންސް ބޭއްވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
