
މަގުސަދު ހާސިލްނުވާތީ ޕީސީބީ އުވާލުމާ ދިމާލަށް
މަގުސަދު ހާސިލްނުވާތީ ޕީސީބީ އުވާލުމާ ދިމާލަށް
ލިޔުން:
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އުވާލުމުގެ ވިސްނުން ގެންގުޅޭކަން ސަރުކާރުން ހާމަކޮށްފި އެވެ.
މިކަން ހާމަ ކުރެއްވީ ރައީސް އޮފީހުގައި އިއްޔެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ މުއައްސަސާތައް ހަދަމުން ހަދަމުން ގޮސް ކަންކަމުގައި ޒިންމާވާނެ ބައެއް ނޭނގޭ މިންވަރަށް މުއައްސަސާތައް އުފައްދާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރު ކުންފުންޏެއްގެ ކަންކަމުގައި ސަރުކާރަށް ބަސް ނުބުނެވޭވަރަށް ކަންކަން ގޮއްސިކަމަށް އޭނާ ވިދާޅުވި އެވެ.
މުއައްސަސާތަކާއި އިދާރާތައް ހަދަމުން ހަދަމުން ގޮސް، ކުންފުނީގެ ކަންކަމުގައި ބަސް ބުނާނީ މިނިސްޓްރީތޯ ސަރުކާރުތޯ ޕީސީބީތޯ ނޭނގޭ ހިސާބަށް ކަންކަން ގޮއްސި. ގާނޫނުތައް ހެދުމުގެ މަގުސަދެއް މާސިލް ނުވާ މިންވަރަށް ކަންކަން ގޮއްސި.
ޕީސީބީ އޭގެ ތެރެއިން އެންމެ ތަނެއް ކަމަށާއި އެފަދަ ބައިވަރު މުއައްސަސާތައް އެބަ ހުރިކަމަށް އުޝާމް ވިދާޅުވި އެވެ.
ސަރުކާރު ކުންފުނިތައް ރަނގަޅަށް ނުހިނގިގެން އުޅެނީ ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާނީ ކޮން ފަރާތަކުންކަން ނޭނގޭތީ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ. އެގޮތުން އެއްބަޔަކު ތިބެނީ މިނިސްޓްރީއަށް ކަންކަން ދޫކޮށްލައިގެން ކަމަށާއި އަނެއް ބަޔަކު ތިބެނީ ޕީސީބީއަށް ކަންކަން ދޫކޮށްލައިގެން ކަމަށާއި ކުންފުނިތަކުގެ ކޮރަޕްޝަން ފާއިތުވި އަހަރުތަކުގައި އިންތިހާއަށް ދިޔަ އިރު އެކަންކަން ބެލޭނެ ގޮތެއް ނެތްކަމަށް އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ މި ސަރުކާރުން ވަރަށް ސީރިއަސްކޮށް މިފަދަ ތަންތަނަކީ ބަހައްޓަން ޖެހޭ ތަންތަންތޯ ކޮންސިޑާ ކުރަމުންދާ ކަމަށެވެ. ސަރުކާރުގެ ކުންފުނިތައް ރީޔުނައިޓް ކުރުމަށްޓަކައި ވަކިން ތަނެއް ހަދައިގެން އުޅުމަކީ ކުރަން ޖެހޭ ކަމެއްތޯ ބަލަމުންދާކަމަށް އުޝާމް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
