
ތައިލެންޑްގެ ޥެރިކަންކުރާ ޕާޓީ އުވާލުމުގެ ފުރުސަތު އޮތް ތަހުގީގެއް
ތައިލެންޑްގެ ޥެރިކަންކުރާ ޕާޓީ އުވާލުމުގެ ފުރުސަތު އޮތް ތަހުގީގެއް
ލިޔުން:
ތައިލެންޑުގައި ވެރިކަން ކުރާ ފިޔު ތައި ޕާޓީގެ މައްޗަށް ބޮޑު ތަޙުޤީޤެއް ހިންގަން އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ނިންމާފައިވާ ކަން ހާމަވެއްޖެއެވެ.
ތައިލެންޑުގެ ބޮޑުވަޒީރު ޕޭޓޮންގޓާން ޗިނަވާތުގެ ފިޔު ތައި ޕާޓީގެ ބާނީއަކީ އޭނާގެ ބައްޕާފުޅު އަދި ކުރީގެ ބޮޑުވަޒީރު ތަކްސިން ޗިނަވާތެވެ. ތައިލެންޑުގެ މީޑިޔާތަކުން ބުނީ, ފިޔު ތައި ޕާޓީގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ, އެ ޕާޓީ އުވައިލަން އިންތިޚާބީ އިދާރާއިން ނިންމުމަކީ ގާތްކަމެއް ކަމުގައެވެ.
ފިޔު ތައި ޕާޓީގެ މައްޗަށް އުފުލިފައިވާ ތުހުމަތަކީ, ޕާޓީގެ ހިންގުމާއި ހަރަކާތްތަކަށް ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުޞަތު ތަކްސިނަށް ދިނުމެވެ. އެ ކަން ތަޙުޤީޤު ކުރުމަށް އިންތިޚާބުތަކާ ބެހޭ އިދާރާއިން ޚާއްޞަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމުގައި, ނަން ހާމަކޮށްފައި ނުވާ މަޞްދަރުތަކާ ޙަވާލާދީ ތައިލެންޑުގެ މީޑިޔާތަކުން ރިޕޯޓު ކުރިއެވެ.
ފިޔު ތައި ޕާޓީގެ މައްޗަށް ބޮޑު ތަޙުޤީޤެއް ހިންގުމަށް އިންތިޚާބުތަކާ ބެހޭ އިދާރާއިން ނިންމާފައި މި ވަނީ, އެހެން ސިޔާސީ ޕާޓީއެއް ކަމުގައިވާ މޫވް ފޯވަރޑްގެ މައްޗަށް ހިންގި މި ފަދަ އެހެން ތަޙުޤީޤަކަށް ފަހު, އެ ޕާޓީ އުވައިލާފައިވާ ދަނޑިވަޅެއްގައެވެ. ތައިލެންޑުގައި ހުސްވި އަހަރު ބޭއްވި ޢާންމު އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައި ވަނީ މޫވް ފޯވަރޑް ޕާޓީންނެވެ. ނަމަވެސް, ހުސްވި އޮގަސްޓު މަހު އެ ޕާޓީ އުވައިލުމަށް ތައިލެންޑުގެ ދުސްތޫރީ ކޯޓުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
