ފެލިވަރު މަސްފެކްޓްރީ އަޕްގްރޭޑިންގެ މަސައްކަތް ކުރިއަށްދާގޮތް އިންޑިއަން އެގްޒިމް ބޭންކުގެ ފަރާތުން ބައްލަވާލައްވައިފި

ފެލިވަރު މަސްފެކްޓްރީ އަޕްގްރޭޑިންގެ މަސައްކަތް ކުރިއަށްދާގޮތް އިންޑިއަން އެގްޒިމް ބޭންކުގެ ފަރާތުން ބައްލަވާލައްވައިފި
ލިޔުން:
އިންޑިއާގެ އެހީގައި ކުރިއަށްދާ ފެލިވަރު މަސްފެކްޓްރީ އަޕްގްރޭޑިންގެ މަސައްކަތް ކުރިއަށްދާގޮތް އިންޑިއަން އެގްޒިމް ބޭންކުގެ ފަރާތުން ބައްލަވާލައްވައިފިއެވެ.
މިފްކޯގެ އެކްސް އެކައުންޓުގައި ކޮސްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އިންޑިއަން އެގްޒިމް ބޭންކާއި، އިންޑިއަން ހައި ކޮމިޝަނާއި، މިފްކޯއާ އާއި، ފިޝަރީޒް މިނިސްޓަރީގެ ޖޮއިންޓް ޑެލިގޭޝަނެއް ފެލިވަރު އަޕްގްރޭޑިންގ ޕްރޮޖެކްޓް ސައިޓަށް ޒިޔާރަތްކޮށް މަސައްކަތް ހިންގަމުންދާގޮތް ބައްލަވާލައްވާފައިވާ ކަމަށެވެ.
ފެލިވަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު އަކީ އިންޑިއަން އެގްޒިމް ބޭންކުގެ 23 މިލިއަން ޑޮލަރުގެ ލޯން ފައިނޭންސްގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
އިންޑިއާގެ ލޯނު އެހީގައި ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމް ކުރުމާއި، 200 ޓަނުގެ ބްރައިން ފްރީޒިންގް ފެސިލިޓީއަކާއި، 80 ޓަނުގެ ރެފްރިޖަރޭޓަރ ސީވޯޓަރ ސިސްޓަމަކާއި، 40 ޓަނުގެ ފިޝްމީލް ޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ،
އަދި ހަމަ އެ ލޯނު އެހީގެ ދަށުން ގއ.ގެމަނަފުށީގައި 50 ޓަނުގެ ބޮލޮކް އައިސް ޕްލާންޓަކާއި، 100 ޓަނުގެ އައިސް ސްޓޯރޭޖެއް ގައިމްކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
