
މުވައްޒަފު ސަލާން ގޮވި އަޑު އިވުމުންވެސް ބޮސް ސަލާމުގެ ޖަވާބު ނުދީ ހުރުމުން ބަދަލުދޭންޖެހިއްޖެ
މުވައްޒަފު ސަލާން ގޮވި އަޑު އިވުމުންވެސް ބޮސް ސަލާމުގެ ޖަވާބު ނުދީ ހުރުމުން ބަދަލުދޭންޖެހިއްޖެ
ލިޔުން:
މުވައްޒަފު ސަލާން ގޮވި އަޑު އިވުމުންވެސް ބޮސް ސަލާމުގެ ޖަވާބު ނުދީ ހުރުމުން އެކަމުގެ ސަބުބުން ވަޒީފާގައި އުޅުމަށް ދަތިވާތީ ވަޒީފާއިން ވަކިވާންޖެހުމުގެ ސަބަބުން ބަދަލުދޭންޖެހިއްޖެއެވެ.
އިނގިރޭސިވިލާތުގެ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް، މުވައްޒަފަކު އޭނާގެ ބޮސް އަށް 3 ފަހަރު ސަލާން ގޮވުމުންވެސް ސަލާމުގެ ޖަވާބު ނުދިނުމުން އަކަމުގެ ސަބަބުން ވަޒީފާއުން ވަކިވާން މަޖުބޫރުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މުވައްޒަފު ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅުމުން އެ މުވައްޒަފަށް އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދޭން ހުކުމް ކޮށްފިއެވެ.
ނަދީން ހޭންސަން ކިޔާ މުވައްޒަފަކު އޭނާގެ ބޮސް އެންޑްރޫ ގިލްކްރިސްޓް ގެ މައްޗަށް އިނގިރޭސިވިލާތުގެ ލީޑްސްގެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މ،ައްސަލަ އާއި ގުޅިގެން ބޮސް އެންޑްރޫ ގިލްކްރިސްޓް ބުނެފައިވަނީ އޭނާ ނަދީންގެ ސަލާމަށް ޖަވާބު ނުދިނީ ވަޒީފާއަށް ފަރުވާކުޑަކޮށް އެދުވަހު ގަޑިޖެހިގެން އޮފީހަށް ލަހުން އައުމުން ކަމަށެވެ، ނަމަވެސް އެ ވާހަކަތަކާ ގުޅިގެން ނަދީން ބުނެފައިވަނީ އޭނާ އެދުވަހު އޮފީހަށް އައުން ލަސްވީ ޑޮކްޓަރ އެޕޮއިންޓްމަންޓެއް އޮތުމުންކަމަށާއި އެކަމާގުޅޭ ލިޔުންތައްވެސް ބޮސް އަށް ދެއްކި ކަމަށާއި އަދި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް އެކަން އިނގޭނެ ކަމަށެވެ.
އެހެންކަމުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލް ގެ ފަނޑިޔާރު ސާރާ ޑޭވިސް މައްސަލަ ބެލުމަށްފަހު ވިދާޅުވީ ނަދީން އަތުގައި މެޑިކަލް އެޕޮއިންޓްމަންޓެއް އޮތްކަން އިނގޭ ކަމަށާއި، ބޮސް އެންޑްރޫ ގިލްކްރިސްޓް ގެ އަމަލަކީ ބޭއިންސާފު އަމަލެއް ކަމަށާއި އެކަމުގެ ސަބަބުން މުވައްޒަފާއި ވަޒީފާ ދޭ ފަރާތާއި ދެމެދު އޮންނަ އިތުބާރު ގެއްލޭނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
