ސަރުކާރުގެ ސިޔާސީ މަގާމުތައް އުޅެނީ 5000 އިން މަތީގައި: ރައީސް ޔާމީން

ސަރުކާރުގެ ސިޔާސީ މަގާމުތައް އުޅެނީ 5000 އިން މަތީގައި: ރައީސް ޔާމީން
ލިޔުން:
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު އުޅެނީ 5000 އިން މަތީގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ސިލްސިލާކޮށް ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބާއްވަ،މުން އަން ބައްދަލުވުންތަކުގެ ތެރެއިން ރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ދެކެވޭ ވާހަކުގެ މައްޗަށް ބިނާކޮށް މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު 5000 އަށްވުރެ މަތިކަމަށާއި، އެކަން އިނގިގެން ރައީސް އޮފީސް ތެރޭގައި ހަމަނުޖެހުންތަކެއްވެސް ހިނގާފައިވާކަމަށާއި، އަދި އެ އަދަދު ހާމަކުރުމަކީ މިހާރު ގައުމީ ސަލާމަތައް ނުރައްކަލަކަށްވެސް ވެފައިވާކަމަށެވެ.
އަދި ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ނަމަވެސް މިހާރު އުޅުއްވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ބުނަންވެސް ކެރިވަޑައިނުގެން ކަމަށަށެވެ.
ޙަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން 228 ސިޔާސީ މީހުން ސަރުކާރުން ވަކިކުރަން ނިންމާފައިވާ މައްސަލައާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުވާނަމަ، އޭގެތެރެއިން ވަކިކުރަން ނިންމާފައިވާ 228 ސިޔާސީ މީހުންނަކީ ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ތިންބުޅަ އެއްބައި ނުވަތަ ދެބައިކުޅަ އެއްބައި ކަމުން ހާމަވަނީ ރައީސް ޑރ. މުއިއްޒު ވިދާޅުވިގޮތަށް މިސަރުކާރުގައި ތިބީ 700 ސިޔާސީ މުވައްޒަފުން ނޫންކަން ހާމަވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
