
އެޗްޑީސީ އާއި ގުޅިގެން ތިމާވެއްޓާ ރައްޓެހި ބައިސްކަލް ރާއްޖެއަށް ތަޢާރަފް ކުރަނީ
އެޗްޑީސީ އާއި ގުޅިގެން ތިމާވެއްޓާ ރައްޓެހި ބައިސްކަލް ރާއްޖެއަށް ތަޢާރަފް ކުރަނީ
ލިޔުން:
އެޗްޑީސީ އާއި ގުޅިގެން ތިމާވެއްޓާ ރައްޓެހި ބައިސްކަލް ރާއްޖެއަށް ތަޢާރަފް ކުރަން މަސައްކަތް ކުަރަމުން ދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ތޯރިގް ވިދާޅުވެއްޖެއެވެ.
އެމަނިކު ފާނު ނޫވެރިންނަށް އެކަމުގެ މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅިގެން ތިމާވެއްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެޗްޑީސީ އާއި ގުޅިގެން ކުރިއަށް ގެންދާ އެ މަޝްރޫޢުގެ ދަށުންބައިސްކަލް ޝެއަރިން ސްކީމެއްވެސް ހުޅުމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން ތިމާވެއްޓާ ރައްޓެހި 100 ބައިސްކަލު އެޗްޑީސީއާއި ޙަވާލުކުރަން ހަމަޖެހިފައިވާކަމަށެވެ.
އެކަމުގެ މައުލޫމާތު ދެއްވަމުން މިނިސްޓަރ ތޯރިގް އިތުރަށް ވިދާޅުވީ ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓްގެ ދަށުން ތިމާވެއްޓާ ރައްޓެހި އުޅަނދު ތަޢާރަފުކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށާއި، ހުޅުމާލޭގައި ސޯލާ ޗާޖިން ސްޓޭޝަން ތަކެއް ގާއިމްކުރަންވެސް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން އެކަމަށްޓަކައި ކުރަންޖެހޭ ދިރާސާތައްވެސް މިހާރު ނިމިފައިވާކަމަށާއި، އަދި އެ މަސައްކަތްކުރުމަށް ބޭނުންވާ ފައިސާވެސް މިހާރު ހަމަޖެހިފައިވާކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
