މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދު ﷲ މުއްތަލިބް ވިދާޅުވީ ޕްރޮޖެކްޓުގެ ދެން އޮތް ފިޔަވަހި ނުވަތަ އިމާރާތުގެ ޑިޒައިންގެ މަސައްކަތް ފަށާނެ ކަމަށެވެ.
މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދު الله މުއްތަލިބް އެވެ. އަދި ޗައިނާގެ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިކްސިން އެވެ. މި ރަސްމިއްޔާތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަބްދުއް ރައްޒާގު ހަލީމާއި މިނިސްޓްރީގެ އިސްވެރިންނާއި ޗައިނާ އެމްބަސީ އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ. ވިލިމާލޭގައި ތަރައްގީ ކުރުމަށް ނިންމާފައިވާ މި ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އަޅާ ހޮސްޕިޓަލެކެވެ. އަދި މި ހޮސްޕިޓަލް އެޅުމަށް ޗައިނާ ސަރުކާރާ ހަވާލުކޮށްފައިވަނީ މިދިޔަ މެއި މަހު އެވެ. ހޮސްޕިޓަލުގެ ފީސިބިލިޓީ ހަދަން އެ ގައުމުގެ ސަރުކާރުން ހަވާލުކޮށްފައިވަނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ އަށެވެ. މި ހޮސްޕިޓަލް އެޅުމަށް ވިލިމާލެ ހޮސްޕިޓަލް މިހާރު ހުރި ބިން ހުސްކުރަން ނިންމާފައިވާ ކަމަށް އޮގަސްޓު މަހުގައި ވަނީ އިއުލާން ކޮށްފަ އެވެ.ހުޅުމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލް ކުރެހުމަށް އެއްބަސްވެއްޖެ

ހުޅުމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލް ކުރެހުމަށް އެއްބަސްވެއްޖެ
ލިޔުން:
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްއެއް އެޅުމުގެ މަސައްކަތުގެ ތެރެއިން ޑިޒައިން މަސައްކަތް ފަށަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ ހޮސްޕިޓަލް އިމާރާތްކުރުމުގެ ފީސިބިލިޓީ ސްޓަޑީ ނިމުމުން އެ ދިރާސާގެ ހޯދުންތަކާ ގުޅޭ މެމޮރެންޑަމް އޮފް ފީސިބިލިޓީ ފައިންޑިންގްސްގައި ސޮއިކުރުން އޮތީ ކޮންސްޓްރަކްޝަން މިނިސްޓްރީގައި މެންދުރު ބޭއްވި ރަސްމިއްޔާތުގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
