މާލެ: 31°C

ހުރަވީ ސްކޫލު ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ހުރަވީ ސްކޫލު ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ
October 17, 2024
2 ފަހަރު ބަލާފައި
ހުރަވީ ސްކޫލު ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ހުޅުމާލޭގެ ހުރަވީ ސްކޫލްގައި ކާން އިން 13 އަހަރުގެ ކުއްޖަކު މިއަދު ނިޔާވެއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ސްކޫލަކުން އަންހެން ކުއްޖަކު އިމަޖެންސީގައި އެތަނަށް މިއަދު ގެންދިޔަ ކަމަށެވެ. އެތަނަށް ގެންދިޔައިރު ވެސް ކުއްޖާ ނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުއްޖާ ކާން އިންދައި ނިޔާވީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ޔަގީނެއް ނޫނެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވަނީ، ހުޅުމާލޭގެ ހުރަވީ ސްކޫލުގެ ދަރިވަރަކަށް "ސިއްހީ ހާލަތެއް މެދުވެރިވެގެން" ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭރު އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ