މާލެ: 31°C

ޗައިނާ ޓޫރިސްޓުންގެ އަދަދު 230،000 އިން މައްޗަށް

ޗައިނާ ޓޫރިސްޓުންގެ އަދަދު 230،000 އިން މައްޗަށް
October 17, 2024
2 ފަހަރު ބަލާފައި
ޗައިނާ ޓޫރިސްޓުންގެ އަދަދު 230،000 އިން މައްޗަށް

ރާއްޖެއަށް މި އަހަރު ޒިޔާރަތް ކުރި ޗައިނާ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރުވެ 230،000 އަށްވުރެ މައްޗަށް އުފުލިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޗައިނާ އިން 232,858 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އެ ގައުމު މިހާރު ވަނީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގަ އެވެ. މިދިޔަ އަހަރު ތިން ވަނާގައި އޮތް ޗައިނާ އިން މިހާރު ދަނީ ރާއްޖޭގެ ޓޫރިޒަމްގެ 15 ޕަސެންޓް ހިއްސާ ކުރަމުންނެވެ. 

ޗައިނާ އިން މިހާރު ވެސް ތިން އެއާލައިނެއް ރާއްޖެ އަށް އުދުހެމުންދާއިރު އެ ގައުމުވެފައިވަނީ ރާއްޖޭގެ ޓޫރިޒަމަށް މިވަގުތު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގަ އެވެ. ރާއްޖެ އަށް ޗައިނާ މާކެޓު ރަނގަޅުވެފައިވަނީ ކޮވިޑް-19 އަށް ބަންދު ކުރުމަށްފަހު ހުޅުވާލި ވަގުތު ރާއްޖޭން އެކަމަށް ގިނަ މަސައްކަތް ތަކެއް ކުރުމުންނެވެ. ކޮވިޑް-19 އަށްފަހު ޗައިނާއިން ޓޫރިސްޓުން އަންނަން ފެށީ 18، ޖެނުއަރީ 2023 ގަ އެވެ. މި ސަރުކާރު އައިސް ވަނީ ޗައިނާއާއެކު އޮތް ގުޅުން ވަރުގަދަކޮށް ޗައިނާގައި މާކެޓު ކުރަން ގިނަ މަސައްކަތް ތަކެއް ފަށާފަ އެވެ. ޗައިނާގެ އެންމެ ބޮޑު އޮންލައިން ކޮމާސް ޕްލެޓްފޯމް އަލީބާބާގެ ޓްރެވަލް ކުންފުންޏާއެކު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ޗައިނާގެ ފައިސާ އިން އެ ގައުމުގެ ޓޫރިސްޓުންނަށް ރާއްޖޭގައި ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ