މާލެ: 31°C

40 އަހަރުން މަތީގެ އަންހެނުން އުރަމަތީގެ ކެންސަރ ސްކްރީނިން ގަވާއިދުން ހެދުމަށް މެޑަމް ސާޖިދާ އެދިވަޑައިގެންފި

40 އަހަރުން މަތީގެ އަންހެނުން އުރަމަތީގެ ކެންސަރ ސްކްރީނިން ގަވާއިދުން ހެދުމަށް މެޑަމް ސާޖިދާ އެދިވަޑައިގެންފި
October 17, 2024
2 ފަހަރު ބަލާފައި
40 އަހަރުން މަތީގެ އަންހެނުން އުރަމަތީގެ ކެންސަރ ސްކްރީނިން ގަވާއިދުން ހެދުމަށް މެޑަމް ސާޖިދާ އެދިވަޑައިގެންފި
އުރަމަތީގެ ކެންސަރު ރާއްޖޭގައި އިތުރުވެފައިވާތީ އުމުރުން 40 އަހަރުން މަތީގެ އަންހެނުން ގަވައިދުން އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމަށް ފަސްޓްލޭޑޫ ސާޖިދާ މުހައްމަދު އެދިވަޑައިގެންފި އެވެ. އުރަމަތީގެ ކެންސަރާ ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ ސިމްޕޯޒިއަމް ފެށުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރާއްޖޭގައި މިހާރު އުރަމަތީގެ ކެންސަރ ޖެހޭ މީހުންގެ ނިސްތަބަތް އިތުރުވަމުން އަންނާތީ އެކަމަކީ ވަރަށް ބޮޑަށް އަންހެނުން ސަމާލުވާންޖެހޭ ކަމެއް ކަމަށާއި، އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 40 އަހަރުން މަތީގެ އަންހެނުން އުރަމަތީގެ ކެންސަރު ހުރިތޯ ދެނެގަތުމަށް ހަދާ މެމޮގްރާމް ހެދުން ވަރަށް މުހިއްމު ކަމަށެވެ. އެ ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ މިހާރު އައިޖީއެމްއެޗްގައި ތުރީޑީ މެމޮގްރާމް ހެދޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާތީ ރާއްޖެއިން ބޭރަށް ނުގޮސް އެކަން ކޮށްލެވެން އޮތުމަކީ ފަސޭހައެއް ކަމަށާއި، ބަލީގެ ކުރީކޮޅު ކެންސަރު ހުރިކަން ދެނެގަނެވިއްޖެނަމަ ފަރުވާ އަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. މިއަދު ހޮޓެލް ޖެންގައި ފެށާފައިވާ އުރަމަތީގެ ކެންސަރަށް ހޭލުންތެރި ކުރުމުގެ ސިމްޕޯޒިއަމް އަކީ އެސްޓީއޯ މެޑިކަލް ސާވިސަސް އާއި އައިޖީއެމްއެޗް އަދި އެސްޓްރާ ޒެނެކާއާ ގުޅިގެން ކުރިއަށްގެންދާ ސިމްޕޯޒިއަމްއެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ