މާލެ: 31°C

ދެ ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި އިންޑިއާ ދެމަފިރިއަކު ހައްޔަރުކޮށް ބަންދު ޖަހައިފި

ދެ ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި އިންޑިއާ ދެމަފިރިއަކު ހައްޔަރުކޮށް ބަންދު ޖަހައިފި
October 17, 2024
2 ފަހަރު ބަލާފައި
ދެ ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި އިންޑިއާ ދެމަފިރިއަކު ހައްޔަރުކޮށް ބަންދު ޖަހައިފި

މަސްތުވާތަކެއްޗާއެކު އިންޑިއާގެ ދެމަފިރިއަކު ރާއްޖެއިން ހައްޔަރުކޮށްފި އެވެ.

ދެ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ މުހައްމަދު ސޯއިބު އާއި އޭނާގެ އަންހެނުން 38 އަހަރުގެ އައިޝާ އެވެ. މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ނެރުނު އަމުރުގައިވެ އެވެ. ކޯޓު އަމުރުގައި ބުނީ މިހާ ކުރު މުއްދަތެއް މި މީހުންނަށް ޖަހާފައިވަނީ ތަރުޖަމާނަކު ހަމަޖެހިފައި ނުވާތީ ކަމަށާއި، މަސްތުވާތަކެތި ފެނިފައިވަނީ މި ދެމަފިރިން ރާއްޖެ އައި އިރު ގެނައި ލަގެޖުން ކަމަށެވެ. މި ދެމީހުން ކުށްކުރި ކަމަށް ކޮންމެވެސް މިންވަރެއްގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށާއި އަދި ސީންއަށް ދިޔަ ފުލުހުންގެ ބަޔާންވެސް ހެކީގެ ގޮތުގައި ހިމެނޭ ކަމަށްވެސް އަމުރުގައިވެ އެވެ. މި މީހުންނަށް ވަކީލެއް ހޯދުމުގެ ފުރުސަތު އޮތް ކަމާއި ނަމަވެސް މުއްދަތު މަޖިލިސް ފެށުމާ ހަމައަށްވެސް ތަރުޖަމާނަކު ހަމަޖެހިފައި ނުވާ ކަމަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ