
އިމިގްރޭޝަން ވޮޗަށް ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މައްސަލަ
އިމިގްރޭޝަން ވޮޗަށް ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މައްސަލަ
ލިޔުން:
އިމިގްރޭޝަން ވޮޗަށް 840 ބިދޭސީއެއްގެ މައްސަލަ ލިބިފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ.
އިމިގްރޭޝަނުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި 17، 2024 އިން ފެށިގެން އޮކްޓޫބަރު 15، 2024 ގެ ނިޔަލަށް 840 މައްސަލައެއް ވަނީ އިމިގްރޭޝަން ވޮޗަށް ހުށަހަޅާފަ އެވެ. އޭގެ ތެރެއިން 596 މައްސަލައެއް ވަނީ ބަލައި ނިމިފައި ނުވަތަ ބެލުމުގެ މަރުހަލާގައިކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މައްސަލަތަކުގެ ތެރެއިން 174 މީހެއްގެ މައްސަލަ ވެރިފައި ކުރެވިފައިނުވާކަމަށް އެ އިދާރާއިން ބުނެ އެވެ. ނުވަތަ އޭގެ ތެރެއިން ބައެއް މައްސަލަތަކަކީ ކަމާގުޅުން ނެތް މައްސަލަތަކެއްކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން 840 މައްސަލަތަކުގެ ތެރެއިން 70 މައްސަލައެއް ވެރިފައިކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
މި މުއްދަތުގެ ތެރޭގައި އިމިގްރޭޝަނަށް އެންމެ ގިނައިން މައްސަލަ ލިބިފައިވަނީ ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީންގެ މައްސަލަ އެވެ. އެގޮތުން 221 މައްސަލައެއް ލިބިފައިވާ އިރު ވޯކް ވިސާ ވަޔަލޭޝަންގެ 206 މައްސަލައެއް ވަނީ ލިބިފަ އެވެ. އަދި ހަށިވިއްކުމުގެ 50 މައްސަލައަކާއި ގެއްލިގެން ހޯދާ މީހުންގެ 32 މައްސަލައަކާއި ޓޫރިސްޓް ވިސާ ވަޔަލޭޝަންގެ 10 މައްސަލައެއްވެސް ހުށަހެޅިފައިވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
