އަހަންނަކީ އަހަރެންގެ ކުޅިވަރަށް ލޯބިކުރާ މީހެއް، އަހަރެން ކުޅިވަރަށް ވަރަށް ލޯބިވޭ، ދުވަހަކުވެސް އޮޅުވާނުލާނަން. އިންސާފުވެރިކަމާއެކު މޮޅުވާން ވަރަށް ލޯބިވޭ.
އަދި އޭނާގެ ހަށިގަނޑުން މަނާ ބޭހުގެ އަސަރު ފެނުމާ ގުޅޭގޮތުން ޕޮގްބާ ބުނެފައިވަނީ އޭނާ އަކީ ބޭޑް ލޫޒާ އެއް ނަމަވެސް އޭނާ އަކީ މަކަރުވެރިއެއް ނޫންކަމަށެވެ. އަދި ސަޕްލިމެންޓް ނެގީމަ އެކަމަށް އޭނާ ޒިންމާ ވާންޖެހިފައިވާ ކަމަށެވެ.
ސްޕްލިމެންޓް ގެންނަނީ ޕްރޮފެޝަނަލް ފަރާތްތަކުން ކަމަށްވާތީ 3 ފަހަރަށް އޭތި ތަހުލީލު ނުކުރާ ކަމަށާއި ނަމަވެސް އެފަދަ ކަމަކުން 4 އަހަރުގެ ސަސްޕެންޝަނެއް އައިސްގެން ނުވާނެކަމަށް ޕޮގްބާ ގަބޫލުކުރާކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭނާ ބޭނުންވަނީ އަބަދުވެސް ކޮންމެވެސް ދަންޑެއްގައި ކޫލެން ބޭނުންވާކަމަށާއި، އެގޮތުން ޔުވެންޓަސް އާއެކު ފަރިތަކުރުންތަކާ މެޗުތަކުގައި ބައިވެރިވާން މިހާރުވެސް ބޭނުންވާކަމަށެވެ.
ޕޮގްބާ ޔުވެންޓަސްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2026 ވަނަ އަހަރުގެ ހޫނު މޫސުމުގައި އެވެ، އެހެންކަމުން ސްކޮޑުގެ އެހެން ކުޅުންތެރިންނާއެކު އަލުން ޕްރެކްޓިހަށް ނުކުތުމުގެ އުއްމީދުގައި ހުރި ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އިތުރަށް ޕޮގްބާ ބުނީ ސަސްޕެންޝަނާ ގުޅިގެން އޭނާ ފުޓްބޯޅައިން ރިޓަޔަރ ކުރުމަށް ވިސްނި ކަމަށާއި ނަމަވެސް އަންހެނުންގެ ފަރާތުން ލިބެމުންދިޔަ ހިތްވަރާ ގުޅިގެން ފުޓް ބޯޅާ އާއެކު ކުރިއަށް ދިއުމަށް މިހާރު އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ.






