މާލެ: 31°C

ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗުގެ ދަރިވަރުން މިމަހު ދަސްވެނިވާނެ

ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗުގެ ދަރިވަރުން މިމަހު ދަސްވެނިވާނެ
October 16, 2024
2 ފަހަރު ބަލާފައި
ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗުގެ ދަރިވަރުން މިމަހު ދަސްވެނިވާނެ

ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗުގެ ދަރިވަރުން މިމަހު ދަސްވެނިވާނެކަމަށް ޤައުމީ ޔުނިވަރސިޓީއިން ވިދާޅުވެއްޖެއެވެ. ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ސަނަދު ހަވާލުކުރާނީ މިމަހު 31 ގައި ބާއްވާ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފްލާގައެވެ.

ޑޮކްޓަރުކަމުގެ ފުރަތަމަ ބެޗުގައި ކިޔަވަން ފެށީ 22 ދަރިވަރުންނެވެ. ކޯހުން ފުރިހަމައަށް ފާސްވެ 21 ދަރިވަރުން މެޑިސިންގެ ޑިގްރީ ކޯސް ފުރިހަމަކޮށްފައިވެއެވެ.

ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަމުގެ ސަނަދު ހޯދޭނެ މަގު ފަހިކުރުމަށް ޤައުމީ ޔުނިވަރސިޓީގައި "ސްކޫލް އޮފް މެޑިސިން" ފެށުމަށް ޔުނިވަރސިޓީ ކައުންސިލުން ހުއްދަ ދެއްވީ 2017 ވަނަ އަހަރުއެވެ. ސްކޫލް އޮފް މެޑިސިން ޤާއިމުކޮށް ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވުމުގެ ފުރަތަމަ ބެޗު ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ. ރާއްޖޭގައި ކިޔަވައިދެނީ މެލޭޝިއާގެ ޤައުމީ ޔުނިވަރސިޓީކަމަށްވާ ޔުނިވަރސިޓީ ކެބަންގސާން މެލޭޝިއާ (ޔޫކޭއެމް)ގައި މެޑިސިން ކިޔަވައިދޭ ކަރިކިއުލަމްގެ މިންގަނޑަށެވެ.

ސްކޫލް އޮފް މެޑިސިން ހިންގަމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ފަންގިފިލާގައެވެ. ނަމަވެސް ސްކޫލް އޮފް މެޑިސިލްގެ ސެޓަޕް ހެދެންދެން ފުރަތަމަ ބެޗުގެ ދެ މޮޑިއުލް އެ ދަރިވަރުން ކިޔެވީ މެލޭޝިއާގެ ޔުނިވަރސީޓިގައެވެ. ރާއްޖޭގައި ކިޔެވުން ފެށީ 2020ވަނަ އަހަރުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ