މާލެ: 31°C

ޖިހާދުގެ މައްސަލަ އަލުން ހައިކޯޓަށް

ޖިހާދުގެ މައްސަލަ އަލުން ހައިކޯޓަށް
October 16, 2024
2 ފަހަރު ބަލާފައި
ޖިހާދުގެ މައްސަލަ އަލުން ހައިކޯޓަށް
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވާ އެޑްރެސް ސާފު ނުވާތީ ހައި ކޯޓުން އަނބުރާ ފޮނުވާލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަލުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ފޮނުވާލަން ހައި ކޯޓުން ކުރިން ނިންމީ ޖިހާދު މިހާރު ދިރިއުޅުއްވާ އެޑްރެސް ސާފު ނުވުމުންނެވެ. އޭނާ ދިރިއުޅުއްވާ އެޑްރެސް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވި އެޑްރެހުގައި ޖިހާދު ދިރިނޫޅުއްވާ ކަމަށް އެ ގެއަށް ޗިޓް ހަވާލުކުރަން ދިޔުމުން ވަނީ ބުނެފަ އެވެ. އެހެންވެ، ހައި ކޯޓުން އޭރު ވަނީ ޖިހާދަށް ޗިޓް ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަހު، އަލުން މައްސަލަ ހުށަހަޅަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބޭނުންވާ ނަމަ، އެ ފުރުސަތު އޮތް ކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ. އެނގިފައިވާ ގޮތުގައި ޖިހާދަށް ޗިޓް ރައްދު ނުކުރެވުނީ އޭނާ އޭރު ރާއްޖޭގައި ނޫޅުއްވާތީ އެވެ. ނަމަވެސް، މީގެ ދެ ދުވަހެއް ކުރިން ޖިހާދު އެނބުރި ރާއްޖެ ވަޑައިގަންނަވައިފަ އެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު، ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޖިހާދުގެ މައްޗަށް ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ