ރައީސް އޮފީހުން ކުރިން ބުނެފައި ވަނީ އެ އޮފީހުގެ މުވައްޒަފުން ވެސް ހިމަނައިގެން ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުވާނެ ކަމަށެވެ.
އެހެންނަމަވެސް މިހާތަނަށް ވުޒާރާތަކުން އާންމުކުރި މައުލޫމާތަށް ބަލާއިރު ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 1،249 ސިޔާސީ މުވައްޒަފުން އެބަތިއްބެވެ. މައުލޫމާތުތަކަށް ބަލާއިރު ސިޔާސީ މަގާމުތައް އެންމެ ގިނައީ ސްޕޯޓްސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގައެވެ. އެއިން ކޮންމެ މިނިސްޓްރީއެއްގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު 200އަށްވުރެ ގިނައެވެ.ވުޒާރާތަކުގައި ސިޔާސީ މަގާމުތައް ހުރިގޮތް
ފިނޭންސް މިނިސްޓްރީ - 14
ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީ - 67
ޓޫރިޒަމް މިނިސްޓްރީ - 32
އެޑިއުކޭޝަން މިނިސްޓްރީ - 34
އެންވަޔަރަންމަންޓް މިނިސްޓްރީ - 51
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ - 30
ފިޝަރީޒް މިނިސްޓްރީ - 43
އިކޮނޮމިކް މިނިސްޓްރީ - 37
ހެލްތު މިނިސްޓްރީ - 218
ސްޕޯޓްސް މިނިސްޓްރީ - 205
އިސްލާމިކް މިނިސްޓްރީ - 37
ހޯމް ލޭންޑް މިނިސްޓްރީ - 54
ޑިފެންސް މިނިސްޓްރީ - 4
ކޮންސްޓްރަކްޝަން މިނިސްޓްރީ - 43
އެގްރިކަލްޗާ މިނިސްޓްރީ - 35
ރައީސް އޮފީސް - 345







