މާލެ: 31°C

ރައްޔިތުން މަގުމައްޗަށް ނިކުމެ އުޅޭތީ ވެސް ޓެކްސް ދައްކަން ޖެހިދާނެ: ޣަފޫރު

ރައްޔިތުން މަގުމައްޗަށް ނިކުމެ އުޅޭތީ ވެސް ޓެކްސް ދައްކަން ޖެހިދާނެ: ޣަފޫރު
October 16, 2024
2 ފަހަރު ބަލާފައި
ރައްޔިތުން މަގުމައްޗަށް ނިކުމެ އުޅޭތީ ވެސް ޓެކްސް ދައްކަން ޖެހިދާނެ: ޣަފޫރު
ސަރުކާރުގެ މިހާރު އަމަލުކުރަމުން ގެންދާ ގޮތަށް ބަލާއިރު ރައްޔިތުން މަގުމައްޗަށް ނިކުމެ އުޅޭތީ ވެސް ޓެކްސް ދައްކަން ޖެހިދާނެ ކަމަށް ހަނިމާދޫ އަބްދުލްޣަފޫރު މޫސާ، ގަޕޯ،  ވިދާޅުވެއްޖެ އެވެ. ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އޭނާ ވިދާޅުވީ މި ސަރުކާރުން ދަރަނީގެ ގޮތުގައި މިހާރު ނުކޮށް އޮތް ކަމަކީ އަނބިދަރިން މޯގޭޖްކޮށް, ސުވޮޕް ކުރުން ކަމަށާއި އެކަންވެސް ކުރާނެހެން ހީވާ ކަމަށެވެ. "އެ ނޫން އެއްވެސް ގޮތެއް މިއަދު ދިވެހި ރައްޔިތުންނަކަށް ނެތް" ކަމަށް ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސްގައި ޣަފޫރު ވިދާޅުވި އެވެ. ޣަފޫރު ވިދާޅުވީ އެ އިސްލާހަށް ތާއީދު ނުކުރާ ކަމަށެވެ. އަދި ދައުލަތުގެ ހަރަދުތައް ކުޑަ ނުކޮށް ޓެކްސް ބޮޑުކުރިޔަސް އެކަމުގެ ނަފާ ނުނިކުންނާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ. ސިޔާސީ 228 މުވައްޒަފަކު ވަކިކުރަން އިއްޔެ ރަައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް އިޝާރާތްކުރައްވާ ޣަފޫރު ވިދާޅުވީ އެ މުވައްޒަފުންނަށް މާދަމާ ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ހަމަޖައްސާނެ ކަމަށެވެ. އަދި އެއީ މިހާތަނަށްވެސް އެކަން ހިނގާފައި އޮތް ގޮތް ކަމަށް ޣަފޫރު ވިދާޅުވި އެވެ. ޣަފޫރު ވިދާޅުވީ އެއް އަހަރު ތެރޭގައި މިއަށްވުރެ ގިނަ ލޯނު ނެގި ސަރުކާރެއް މިހާތަނަށް ނާންނަ ކަމަށެވެ. "ވޯކް ޕްރޮގްރާމަށް 400 މިލިއަން, އަދި އޭގެ އިތުރަށް ފައިސާ ބަދަލުކުރުމުގެ ޕްރޮގްރާމަށް އިތުރު 200 މިލިއަން. ތިލަފުށީގައި ރިވެޓްމަންޓް ޖެހުމާ ކަންކަން ކުރަން އަނެއްކާވެސް އިތުރު 200 މިލިއަން ރުފިޔާ. ކުވައިތު ފަންޑުން ހޮސްޕިޓަލް އަޅަންށޭ ކިޔާފައި އަނެއްކާ 100 މިލިއަން ރުފިޔާ. އޭގެ އިތުުރުން ބެންކް އޮފް ސިލޯނުންވެސް އެމްއޭސީއެލްއަށް އަނެއްކާ އެހެރީ ލާރި ނަގާފައި." 9 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވާ ކަމަށާއި އެއް ބިލިއަން ޑޮލަރަށްވުރެ ދައުލަތުން ނަގާފައި އޮތް ދަރަނި ބޮޑު ކަމަށް ޣަފޫރު ވިދާޅުވި އެވެ. އަދި ފިނޭންޝަލް ޓާމުގައި ބޭނުންކުރާ ހުރިހާ އެއްޗެއް މި ސަރުކާރުން ނަގާފައިވާ ކަަމަށް ޣަފޫރު ވިދާޅުވި އެވެ.      

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ