މާލެ: 31°C

މަޖިލީހުގެ ސްޕަމެޖޯރިޓީ ޕީއެންސީ އަތުގަ؛ އިޒްރޭލް ޕާސްޕޯޓް މަނާކުރުން މަޖިލީހުން އަވަސް ކޮށްދޭން ޕީއެންސީން އެދިއްޖެ

މަޖިލީހުގެ ސްޕަމެޖޯރިޓީ ޕީއެންސީ އަތުގަ؛ އިޒްރޭލް ޕާސްޕޯޓް މަނާކުރުން މަޖިލީހުން އަވަސް ކޮށްދޭން ޕީއެންސީން އެދިއްޖެ
October 16, 2024
2 ފަހަރު ބަލާފައި
މަޖިލީހުގެ ސްޕަމެޖޯރިޓީ ޕީއެންސީ އަތުގަ؛ އިޒްރޭލް ޕާސްޕޯޓް މަނާކުރުން މަޖިލީހުން އަވަސް ކޮށްދޭން ޕީއެންސީން އެދިއްޖެ

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު އަވަސްކުރަން، ސަރުކާރު ހިންގާ ޕީއެންސީން އިލްތިމާސްކޮށްފި އެވެ.

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހުށަހެޅި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވި ފަހުން، އެ ބިލު އަދިވެސް އޮތީ ކޮމިޓީ މަރުހަލާގައި ޕާކުވެފަ އެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވީހާވެސް އަވަހަކަށް ގެނައުމަކީ އެ ޕާޓީން ތާއީދުކުރާ ކަމެއް ކަމަށެވެ.

އަދި މިހާރު މަޖިލީހުގައި އޮތް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވީ އެންމެ އަވަހަކަށް ނިންމައި، މި ކަން ހަގީގަތަކަށް ހެދުން އަވަސް ކުރުމަށް އެ ޕާޓީން ވަނީ މަޖިލީހަށް އިލްތިމާސްކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ