
ހުޅުމާލޭގައި ތެލަސީމިއާ ހޮސްޕިޓަލެއް އަޅަން މެލޭޝިއާ ކުންފުންޏަކާ ޚަވާލުކޮށްފި
ހުޅުމާލޭގައި ތެލަސީމިއާ ހޮސްޕިޓަލެއް އަޅަން މެލޭޝިއާ ކުންފުންޏަކާ ޚަވާލުކޮށްފި
ލިޔުން:
ހުޅުމާލޭގައި ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލް އެޅުމަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ހޮސްޕިޓަލް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރޭ ކްރޮސްރޯޑުގައި ކުރިއަށް އޮތް 10 އަހަރަށް ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ މާސްޓަރޕްލޭން އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ތެލަސީމިއާ ހޮސްޕިޓަލަކީ އުރީދޫގެ އެހީތެރިކަމާއެކު ބިނާކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލެކެވެ.
ތެލަސީމިއާ ހޮސްޕިޓަލް އިމާރާތްކުރުމަށް އުރީދޫއިނ ވަނީ 100 މިލިއަން ރުފިޔާ ދޭން ނިންމާފައެވެ. 10 އަހަރުގެ ތެލަސީމިއާ މާސްޓަރ ޕްލޭނުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ގައި ބޯން މެރޯ ޓްރާންސްޕްލާންޓު އޮޕަރޭޝަން ކުރެވޭނެ ވަސީލަތް ގާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ތެލަސީމިއާ އަށް ފަރުވާއަށް ރަށްރަށުން އަންނަ ފަރާތްތަކަށް ހޮސްޕިޓަލް ގައި އެކޮމަޑޭޝަން ވެސް ވަނީ ހިމަނާފައެވެ.
މި ހޮސްޕިޓަލު ޕްރޮޖެކްޓް މެނޭޖްކުރުމަށް ޚަވާލުކޮށްފައިވަނީ މެލޭޝިޔާގެ މެޑޯ އޭޝިއާ ކުންފުންޏާއި، ޗިންހިންގް ގްރޫޕް އާއެވެ. އަދި މި ހޮސްޕިޓަލު އިމާރާތްކުރުމަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ސައިނޯމާ އިންޖީނިއަރިން އިންޑަސްޓްރީގެ ފަރާތުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
