
އޮޑިޓް އޮފީހުގެ ބަޖެޓް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
އޮޑިޓް އޮފީހުގެ ބަޖެޓް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
ލިޔުން:
އޮޑިޓު އޮފީހުން 2025 ވަނަ އަހަރަށް ލަފާ ކުރި އެ އޮފީހުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
އޮޑިޓް އޮފީހުގެ ބަޖެޓު ފާސްކޮށްފައިވަނީ މިއަދު މާލިއްޔަތު ކޮމިޓިން ބޭއްވި ބައްދަލުވުމުގަ އެވެ.
އޮޑިޓް އޮފީހުން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވަނީ 99 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓު، ކޮމިޓީއަށް ލިބުމުން އެ ކޮމިޓީން ވަނީ ފިނޭންސް މިނިސްޓްރީގެ ލަފައެއް ހޯދާފަ އެވެ. ފިނޭންސް މިނިސްޓްރީން ވަނީ އޮޑިޓް އޮފީހުން ލަފާ ކުރި ބަޖެޓު ބޮޑުކަމަށް ބުނެ ބަޖެޓު ކުޑަ ކުރުމަށް ލަފާ ދީފަ އެވެ. އަދި ކެޕިޓަލް ހަރަދުގެ ބައިގައި 19 މިލިއަން އިނުމުން އެ އަދަދު 34 މިލިއަނަށް ބޮޑު ކުރުމަށްވެސް ފިނޭންސުން އެދިފައިވެ އެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި މާމިގިލި ދާއިރާގެ މެންބަރުން ގާސިމް އިބްރާހިމް ވިދާޅުވީ އޮޑިޓް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން ފާސް ކުރާ ބަޖެޓެއް ކަމަށާއި އެކަން އެގޮތަށް ކުރަނީ ފިނޭންސް މިނިސްޓްރީގެ ނުފޫޒު އެއަށް ނުފޯރުވުމަށް ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އޮޑިޓު އޮފީހުން ފޮނުވާފައިވާ ގޮތަށް ބަޖެޓު ފާސް ކުރުންކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމްގެ ވާހަކައަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ތާއީދު ކުރައްވާފަ އެވެ. ނަމަވެސް ޝުޖާއު ވިދާޅުވީ އޮޑިޓު އޮފީހުގެ ކެޕިޓަލް ހަރަދުގެ ގޮތުގައި 19 މިލިއަން ރުފިޔާ ލިޔެވިފައި އޮތުމަކީ ކުށަކަށް ވެދާނެކަމަށް ފިނޭންސްއިން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ އަދަދު 34 މިލިއަނަށް ބޮޑު ކުރުމަށް ބުނެފައިވުމުން އެކަން އެގޮތަށް އިސްލާހު ކުރުމަށް ފަހު 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކުރުމަށް ޝުޖާއު ހުށަހެޅުއްވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
