މާލެ: 31°C

ޓީޖީއެސްޓީ ބޮޑުކުރާ ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް

ޓީޖީއެސްޓީ ބޮޑުކުރާ ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް
October 15, 2024
2 ފަހަރު ބަލާފައި
ޓީޖީއެސްޓީ ބޮޑުކުރާ ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް
ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީ 17 ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅީ މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ (މުސްތޮ) އެވެ. އެ އިސްލާހުގައިވާ ގޮތުން 16 ޕަސެންޓް ޓެކްސް ނަގަން ފަށާނީ 1 މޭ 2025 ގެ ނިޔަލަށެވެ. އެއަށް ފަހު ޖޫން އެކަކުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓް ނަގަން ފަށާނެ ކަމަށް އިސްލާހުގައިވެ އެވެ. އިސްލާހުގައި ބުނީ އެއާއެކު ޓީޖީއެސްޓީން ދައުލަތަށް ލިބޭ އާމްދަނީ 2025 ގައި 201.9 މިލިއަން ރުފިޔާ އަށް އިތުރުވެގެންދާނެ ކަމަށެވެ. އެ ބިލު ބަލައިގަތުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވޯޓު ނަގާފައިވެ އެވެ. ބަލައިގަތުމަށް ފާސްވެފައިވަނީ 52 މެންބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަމަށް 7 މެންބަރަކު ވޯޓު ދެއްވި އެވެ. މަޖިލީހުގެ ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ އެއީ ޓެކްސް ބިލަކަށްވާތީ އެ ބިލްގެ މަސައްކަތް ކުރާނީ މުޅި މަޖިލީހުގެ ކޮމިޓީއިން ކަމަށެވެ. އަދި މާދަމާގެ އެޖެންޑާ މަޖިލީހުގެ ވަގުތުގައި ނިމިއްޖެނަމަ އެ ބިލުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ