
ޚަރަދު ކުޑަ ކުރުމަށްޓަކައި 200 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ
ޚަރަދު ކުޑަ ކުރުމަށްޓަކައި 200 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ
ލިޔުން:
ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ
ރައީސް މިފަދައިން ވިދާޅުވީ ދާދިދެންމެއަކު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެ މުވައްޒަފުން ކުރިއަށް އޮތް 15 ދުވަސް ތެރޭގައި ވަކިކުރަން އަންގާފައިވާނެ ކަަމަށެވެ.
އޭގެ ތެރޭގައި 7 ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސެނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ބަދަލާއެކު ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މީގެ ކުރިންވެސް އެކި އެކި ވަޒީފާތަކުގައި ތިބި މީހުން ވަކިކޮށްފައިވެ އެވެ. އަދި އެކި އެކި މުނާސަބަތުތަކުގައި ބޭއްވުމަށް ނިންމާފައިވާ ހަފްލާތައްވެސް ނުބާއްވަން ނިންމާފައިވެ އެވެ. އެގޮތުން މިނިވަން ދުވަހުގެ މުނާސަބަތުގައި އެހެން އަހަރުތަކުގައި ބާއްވާ ހަރަކާތް ވެސް މި އަހަރު ބާއްވާފަ އެވެ.
އޭގެ އިތުރުން ދައުލަތުން ކުރާ ދަތުރުތަކުގެ ހޭދަތައް ކުޑަކުރުމަށްވެސް ރައީސް ހާއްސަ އިސްކަމެއް ދެއްވަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
