
ސަރުކާރުން އުޅެނީ ހަނިމާދޫ އެއާޕޯޓް 99 އަހަރަށް އިންޑިއާ ބަޔަކަށް ދޭންކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވެއްޖެ
ސަރުކާރުން އުޅެނީ ހަނިމާދޫ އެއާޕޯޓް 99 އަހަރަށް އިންޑިއާ ބަޔަކަށް ދޭންކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވެއްޖެ
ލިޔުން:
ސަރުކާރުން އުޅެނީ ހަނިމާދޫ އެއާޕޯޓް 99 އަހަރަށް އިންޑިއާ ބަޔަކަށް ދޭންކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އިން ބާއްވަމުން އަންނަ ޚަވަރުބެރު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ހަނިމާދޫ އެއާޕޯޓް 99 އަހަރަށް އިންޑިއާ ކުންފުންޏަކަށް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި، އެކަމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫންކަމަށެވެ.
ފައްޔާޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ ހަނިމާދޫ އެއާޕޯޓް މަޝްރޫޢު އަކީ ބޮޑު ތިލަދުންމަތީގެ ތަރައްގީގެ ނާރެސް ކަމަށާއި، އެ އެއާޕޯޓް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްގީކޮށް ނިމުމުން އުތުރުގެ އިގްތިސާދު ބާރު ސްޕީޑްގައި ކުރިއަރާނެ ކަމަށާއި، އެއާޕޯޓް ތަރައްގީކުރުމަށް ނަގާފައިވާ ލޯނަކީ ވަރަށްކުޑަ އިންޓަރެސްޓެއްގައި 20 އަހަރުން އަނބުރާ ދައްކާ ގޮތައް ނަގާފައިވ ލޯނެއްކަމަށާއި، އެއާޕޯޓް ތަރައްގީކުރުމަށް ނަގާފައިވާ ލޯނަކީ 1.75 ޕަސެންޓްގެ ކުޑަ އިންޓަރެސްޓްގައި ނަގާފައިވާ ލޯނެއް ކަމަށެވެ. އަދި އެ ލޯނު އެއްބަސްވުމުގެ ދަށުން ހަނިމާދޫ އިންޑިއާ ބަޔަކަށް ދޭން ނުޖެހޭނެ ކަމަށެވެ.
އަދި އިތުރަށް ފައްޔާޒް ވިދާޅުވީ ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު އުތުރު ތިލަފަޅުގައި އިންޑިއާގެ މިލިޓަރީ ބޭސްއެއްވެސް ގާއިމްކުރަން މަސައްކަތްކުރަން އުޅޭކަމުގެ ވާހަކަތައްވެސް އަޑުއިވިފައިވާކަމަށާއި، އެގޮތުން އުތުރު ތިލަފަޅު ޗައިނާ ކުންފުންޏަކަށް ދިނުމަށް ހަދާފައިވާ އެއްބަސްވުންވެސް މިހާރު ބާތިލުކުރަން މަސައްކަތްކުރަމުންދާކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
