
ކ.ފުނަދޫ ވިޔަފާރި ހަބް ޑިވެލޮޕްކުރުމަށާއި ރެއިލް ޓްރާންސްޕޯރޓް ގާއިމް ކުރުމަށް ޗައިނާގެ ބީޔޫސީޖީ އާއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި
ކ.ފުނަދޫ ވިޔަފާރި ހަބް ޑިވެލޮޕްކުރުމަށާއި ރެއިލް ޓްރާންސްޕޯރޓް ގާއިމް ކުރުމަށް ޗައިނާގެ ބީޔޫސީޖީ އާއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި
ލިޔުން:
ކ.ފުނަދޫ ވިޔަފާރި ހަބް ޑިވެލޮޕްކުރުމަށާއި ރެއިލް ޓްރާންސްޕޯރޓް ގާއިމް ކުރުމަށްޓަކައި އެމްއޭސީއެއްއާއި ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
ވެލާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެކްޓެންޝަން މަޝްރޫޢުއެއް ގޮތުގައްޔާއި، އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގެ ގޮތުގައި ކ.ފުނަދޫ ތަރައްގީކުރަން ނިންމާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އެ މަޝްރޫޢުގެ ދަށުން ޑޮމެސްޓިކް ޓާމިނަލް 35000 އަކަ މީޓަރުގެ ސަރަޙައްދަކަށް ބޮޑު ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. އެއާއެކު ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށާއި ޑޮމެސްޓިކް ފްލައިޓްތަކަށް 8 ގޭޓު ހުންނާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެ އެވެ.
އެއާޕޯޓް އެކްސްޓެންޝަން މަޝްރޫޢު ރާވާފައިވަނީ ކުރިއަށް އޮތް 20 އަހަރަށް ރާއަޖޭގެ ވައިގެ ދަތުރުގެ ސިނާއަށް ބޭނުންވާ ކެޕޭސިޓީ އެކުލެވޭ ގޮތުން އަހަރަކު 25 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.
އިއްޔެ ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝަރީފް މުހައްމަދު އެވެ. ބީޔޫސީޖީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ލޫ ވެއި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
