މާލެ: 31°C

މުރައިދޫ ގޭގައި އުޅޭ މުވައްޒަފުންނާއި މުސާރައިގެ ތަފްސީލް ހާމަކުރަން ފާސްކޮށްފި

މުރައިދޫ ގޭގައި އުޅޭ މުވައްޒަފުންނާއި މުސާރައިގެ ތަފްސީލް ހާމަކުރަން ފާސްކޮށްފި
October 14, 2024
2 ފަހަރު ބަލާފައި
މުރައިދޫ ގޭގައި އުޅޭ މުވައްޒަފުންނާއި މުސާރައިގެ ތަފްސީލް ހާމަކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވާ މުރައިދޫގޭގައި އުޅޭ މުވައްޒަފުންގެ އަދަދާއި އެ މީހުންގެ މުސާރަ ހާމަކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ، 241 ކޮމެޓީން ފާސްކޮށްފި އެވެ.

މުރައިދޫގޭގައި އުޅޭ މުވައްޒަފުންގެ އަދަދާއި އެ މީހުންގެ މުސާރަ ހާމަނުކުރަން 241 ކޮމެޓީން މިއަދު ނިންމި ނިންމުން ބަދަލުކުރަން ރައީސް މުހައްމަދު މުއިއްޒު އެންގެވުމުން މިއަދު ހަވީރު އިތުރު ކޮމެޓީ ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ.

އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާލައިގެންނެވެ.

އެ ކޮމެޓީގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ހުށަހެޅުއްވީ މުރައިދޫ ގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަނަަވަރާއި އަދަދާއި އަދި އެކަމަށް ހޭދަވާ އަދަދު ހާމަކުރުމަށެވެ. 

މުރައިދޫގޭގެ މުވައްޒަފުންގެ އަދަދާއި އެމީހުންގެ ވަނަވަރާއި މުސާރަ ހާމަނުކުރާން މިއަދު 241 ކޮމެޓީން ނިންމީވެސް ފަލާހު އެގޮތަށް ހުށައެޅުއްވައިގެން ފާސްކޮށްގެންނެވެ. މިއަދު އެކޮމިޓީގެ ދެވަނަ ބައްދަލުވުމެއް ބޭއްވީ އެމައުލޫމާތު ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ