ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ އެމްއެންޕީގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ތާއީދު ކުރެއްވީ މުވައްޒަފުންގެ ނަމާއި ވަނަވަރު ފިޔަވައި އެހެނިހެން މައުލޫމާތު ހާމަކުރުމަށެވެ. ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވި އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުވީ މުރައިދޫގެ މުވައްޒަފުންގެ މައުލޫމާތު ސިއްރު ކުރާށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު މުންތަޒިމް އިބްރާހީމެވެ.
ފަލާހުގެ ހުށަހެޅުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންގެ ވޯޓުންނެވެ.







