ފަނޑިޔާރުން ދާއިރާއިން ބޭރަށްކުރާ ދަތުރުތަކަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ހުއްދަ ހޯދަންޖެހޭގޮތަށް ހަދައިފި އެވެ.
ޖޭއެސްސީން އާންމު ކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަކުރުމަށް އެ ފަނޑިޔާރަކު އައްޔަން ކުރެވިފައިވާ ދާއިރާއިން ބޭރަށް ވަޑައިގަންނަވަން ޖެހޭނަމަ، އެ ދަތުރެއް ކުރެއްވުމަށް ޖޭއެސްސީގެ ހުއްދައެއް ހޯއްދަވަންޖެހޭނެ ކަމަށެވެ. މިކަން ފަނޑިޔާރުންގެ ސަމާލުކަމަށް ގެނައުމަށް ކޮމިޝަނުން ނިންމާފައިވާކަން ސާކިއުލާއަކުން އަންގާފައިވަނީ އޮކްޓޫބަރު 9 ވަނަ ދުވަހު ކޮމިޝަންގެ ރައީސް ހުސައިން ރިޒާ އާދަމް ސޮއި ކުރައްވަ އެވެ. މީގެކުރިން ޖޭއެެސްސީން ވަނީ އެކޮމިޝަނުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާކަން ހާމަކޮށްފަ އެވެ.
ފަނޑިޔާރުން ދާއިރާއިން ބޭރަށްކުރާ ދަތުރުތަކަށް ޖޭއެސްސީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަދައިފި
ފަނޑިޔާރުން ދާއިރާއިން ބޭރަށްކުރާ ދަތުރުތަކަށް ޖޭއެސްސީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަދައިފި
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
