ބޮމުގެ އިންޒާރަކާ ގުޅިގެން ނިވްޔޯކަށް ދަތުރުކުރި އެއާއިންޑިޢާގެ ފުލައިޓް ދިއްލީއަށް ޖައްސާފައިވަނިކޮށް މުމްބާއީއިން ފުރަން ތައްޔާރުވެފައި އޮތް އިންޑިގޯގެ 2 ފްލައިޓަކަށް ބޮމުގެ އިންޒާރު ދީފި

ބޮމުގެ އިންޒާރަކާ ގުޅިގެން ނިވްޔޯކަށް ދަތުރުކުރި އެއާއިންޑިޢާގެ ފުލައިޓް ދިއްލީއަށް ޖައްސާފައިވަނިކޮށް މުމްބާއީއިން ފުރަން ތައްޔާރުވެފައި އޮތް އިންޑިގޯގެ 2 ފްލައިޓަކަށް ބޮމުގެ އިންޒާރު ދީފި
ލިޔުން:
ބޮމުގެ އިންޒާރަކާ ގުޅިގެން ނިވްޔޯކަށް ދަތުރުކުރި އެއާއިންޑިޢާގެ ފުލައިޓް ދިއްލީއަށް ޖައްސާފައިވަނިކޮށް، މުމްބާއީއިން ހުޅަނގު އޭޝިއާއަށް ދަތުރުކުރަން ތައްޔާރުވެފައި އޮތް އިންޑިގޯގެ 2 ފްލައިޓަކަށް ބޮމުގެ އިންޒާރު ދީފިއެވެ.
އިންޑިއާގެ މުމްބާއީއިން ހުޅަނގު އޭޝިއާއަށް ދަތުރުކުރި އިންޑިއާގެ އެއާލައިން އިންޑިގޯގެ 2 ފްލައިޓަކަށް ބޮމުގެ އިންޒާރު ދީފައިވާ ކަމަށް ނިއުސް އެޖެންސީ އޭއެންއައި އިން ބުނެފި އެވެ. މި ފްލައިޓުތައް ދަތުރުކުރަން ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާގެ ޖިއްދާ އާއި އޮމާންގެ މަސްކަޓް އަށެވެ.
އިންޑިގޯގެ ތަރުޖަމާނު ނިއުސް އެޖެންސީ އޭއެންއައި އަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ މުމްބާއީ އިން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ދަތުރުކުރަން ހަމަޖެހިފައިވާ އިންޑިގޯ ފްލައިޓް 6އީ 56 އަށް ބޮމުގެ އިންޒާރު ދިނުމާ ގުޅިގެން ޕްރޮޓޮކޯލްގެ ދަށުން މަތިންދާބޯޓު އެކަހެރި ތަނަކަށް ގެންގޮސް، ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާތަކާ އެއްގޮތަށް ސެކިއުރިޓީ ޗެކްކުރަން ފަށާފައިވާކަމަށެވެ. އަދި މުމްބާއީއިން އޮމާންގެ މަސްކަޓަށް ދަތުރުކުރަން ހަމަޖެހިފައިވާ އިންޑިގޯ ފްލައިޓް 6އީ 1275 އަށްވެސް ބޮމުގެ އިންޒާރު ދީފައިވާތީ، ޕްރޮޓޮކޯލްގެ ދަށުން މަތިންދާބޯޓު އެކަހެރި ސަރަޙައްދަކަށް ގެންގޮސް، ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާއާ އެއްގޮތަށް ސެކިއުރިޓީ ޗެކް ކުރަން ފަށާފައިވާކަމަށެވެ.
އިސްރާއީލާއި ހަމާސް އާއި އިސްރާއީލާއި ހިޒްބުالله އާއި އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހުޅަނގު އޭޝިއާ ގެ ގައުމުތަކުގައިވެސް ޗަނީ ނުތަނަވަސްކަން އުފެދެން ފަށާފައެވެ. އެ ކަމާގުޅިގެން ބޮޑެތި ބައެއް އެއާލައިންތަކުން ވަނީ ހުޅަނގު އޭޝިއާއަށް ކުރާ ދަތުރުތައް ކެންސަލްކުރުމާއި ހުޅަނގު އޭޝިއާގެ ވައިގެ ވައިގެ ސަރަޙައްދުތަކަށް ހުރަސް ނުކޮށް އެހެން ޑައިވާޝަންތަކުން ދަތުރުކުރަން ފަށާފައެވެ.
އިންޑިގޯ ގެ 2 ފްލައިޓަކަށް ބޮމުގެ އިންޒާރު ދީފައި މިވަނީ މިއަދު ހެނދުނު މުންބާއީން ފުރައިގެން ނިވްޔޯކަށް ދަތުރުކުރަން ދަތުރު ކުރި އެއާ އިންޑިއާގެ ފްލައިޓް އޭއައި 119 އަށް ބޮމުގެ އިންޒާރު ދީފައިވާތީ ދިއްލީ އެއާޕޯޓަށް ގެންގޮސް މީހުން ހުސްކުރުމަށްފަހު ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ ކަންކަން ކުރިއަށް ގެންދަނިކޮށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
