
އިންޑިއާ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ބަދަލުކުރަނީ
އިންޑިއާ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ބަދަލުކުރަނީ
ލިޔުން:
އިންޑިއާއަށް އަކަޑައަޅާފައި ހުންނެވި ސަފީރުގެ ބަދަލުގައި އެހެން ބޭފުޅަކު އައްޔަނުކުރުމަށް މަޖިލިސްގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި 2 ވަނައަށް ތާވަލުކޮށްފައި އޮތް މަސައްކަތަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ޤާނޫނު ނަންބަރ: 20/2020 (ދިވެހި ރާއްޖޭގެ ފޮރިން ސާވިސްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރިޕަޕްލިކް އޮފް އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުލްޖުމްހޫރިއްޔާ ފޮނުވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމެވުމަށް އެ މައްސަލައާއިގުޅޭ ދާއިމީ ކޮމެޓީއަށް ފޮނުވުމެވެ.
ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި އިބްރާހީމް ޝަހީބް ގެ ބަދަލުގައި އެހެން ބޭފުޅަކު ސަފީރުކަމަށް އައްޔަނުކުރައްވާއިރު ޝަހީބު އެމަގާމުން ވަކުކުރެއްވިކަމެއް، އިސްތިއުފާ ދެއްވިކަމެއް ނުވަތަ އެހެން މަޤާމަކަށް ބަދަލު ކުރެއްވިކަމެއް އަދި ސާފު ނުވެއެވެ.
ޝަހީބް އެމަގާމަށް 2022 ވަނަ އަހަރު އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ފޮރިން މިނިސްޓަރީގެ އެޑިޝަނަލް ސެކެރެޓަރީގެ މަގާމުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
