
ބެލްކަނިން ވެއްޓި މަރުވި ވިފާގަށް ޖިންސީ ގޯނާ ކޮށްފައެއް ނުވޭ: ޕޮލިސް
ބެލްކަނިން ވެއްޓި މަރުވި ވިފާގަށް ޖިންސީ ގޯނާ ކޮށްފައެއް ނުވޭ: ޕޮލިސް
ލިޔުން:
ބެލްކަނީއަކުން ވެއްޓިގެން މަރުވި ވިފާގް އިބްރާހީމް އަދްނާންއަކީ ޖިންސީ ގޯނާއެއް ލިބިފައިވާ ފަރާތެއް ނޫންކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ މިއަދު އެ ހާދިސާގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުން ނެވެ.
މި ބައްދަލުވުމުގައި މައުލޫމާތު ދެމުން ފުލުހުން ބުނީ ވިފާގަކީ ޑިޕްރެޝަނަށް ބޭސް ކުރަމުންދިޔަ ކުއްޖެއް ކަމަށް އޭނާގެ މެޑިކަލް ރިކޯޑުން ހާމަވެގެންދާ ކަމަށެވެ. އެގޮތުން، އޭނާގެ ފޮރެންސިކް ރިޕޯޓް އިން ވިފާގްއަކީ ބިކުރުވެރި ހާލަތުގައި ހުރި ކުއްޖެއްކަން ހާމަވެގެންދިޔަކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ވިފާގް ނަފްސާނީ ބައްޔަށް ހޯދި ފަރުވާތަކުގެ ރިޕޯޓުތަކުންވެސް އެއްވެސް ކަހަލަ ޖިންސީ ގޯނާއެއް ކުރިމަތިވިކަމަށް ވިފާގް ބުނެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ވިފާގް އިމާރާތަކުން ވެއްޓި މަރުވުމުގެ ހާދިސާ ހިނގާފައިވަނީ އޮގަސްޓް 14 ގަ އެވެ. ފުލުހުން ބުނީ ވިފާގް ވެއްޓުނީ ކަސްޓަމްސް ސަރަހައްދުގައި ހުރި އިމާރާތެއް މަތިން ކަމަށެވެ. ވިފާގް ނިޔާވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސްތަކަށް އިހުތިރާމުކޮށް، ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކަުގައި ދައުރު ނުކުރުމަށް ފުލުހުން އޭރު އިލްތިމާސްކޮށްފައި ވެއެވެ. ނަމަވެސް، މީޑިއާއަކުން މި ހާދިސާއާއި ގުޅުންހުރި ޑޮކިއުމެންޓްރީއެއް ތަފްސީލްކޮށް ގެނެސްދިނުމުން އާއިލާއިން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްދީފައި ވެއެވެ. ވީމާ، އެ މައްސަލަ ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށްވެސް ހުށަހަޅާފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
