ހުޅުމާލެއިން އިތުރު ބިންތަކެއް ވިއްކަން އިޢުލާނުކޮށްފި

ހުޅުމާލެއިން އިތުރު ބިންތަކެއް ވިއްކަން އިޢުލާނުކޮށްފި
ލިޔުން:
ހުޅުމާލެއިން އަނެއްކާވެސް އިތުރު ބިންތަކެއް ވިއްކަން އިޢުލާނުކޮސްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ކޮސްފައިވާ އިއުލާނުގައި ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން މީހުން ދިއރިއުޅުމުގެ ބޭނުމަށް 18 ބމެއް ވިއްކަން ހަމަޖެހިފައިވާކަމަށާއި، އޭގެ ތެރެއިން 2 ބިން ވިއްކުމަށް ހަމަޖެހިފައިނީ ބީޗް ފްރަންޓުން ކަމަށާއި އަދި ބާކީ 16 ބިމަކީ ބީޗް ސައިޑުން ވިއްކަން ހުޅުވާލާފައިވާ ބިންތައް ކަމަށެވެ.
އަދި އެ ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ބީލަމުގެ އުސޫލުން ކަމަށާއި އެގޮތުން ބީޗް ފްރަންޓުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4500 ރުފިޔާ ކަމަށާއި އަދި ބީޗް ސައިޑުން ބިއްކާ ބިންތަކުގެ އަގު ފެށޭނީ އަކަފޫޓަކަށް 4000 ރުފިޔާއިން ކަމަށެވެ.
ހުޅުމާލެއިން މިފަހަރު ވިއްކުމަށް އިޢުލާނުކޮށްފައިވާ ބިންތަކުގެ ތެރޭގައި ހިމެނެނީ 1316 އަކަފޫޓުގެ 15 ބިމަކާއި، 1454 އަކަފޫޓުގެ 1 ބިމައި، 1261 އަކަފޫޓުގެ 1 ބިމާއި އަދި ،584 އަކަފޫޓުގެ 1 ބިމެވެ. އެޗްޑީސީގެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން މިފަހަރުވެސް ބިންގަތުމަށ ހުށަހެޅޭނީ ދިވެހިންނަށާއި 100 ޕަސެންޓް ދިވެހިން ހިއްސާ އޮންނަ ކުންފުނި ތަކަށެވެ.
މިދިޔަ މަހުވެސް އެޗްޑީސީން ވަނީ 16 ބިމެއް ވިއްކަން އިޢުލާނުކޮށްފައެވެ. އަދި މިއަހަރުގެ މެއި މަހުވެސް އެޗްޑީސީން ވަނީ 13 ބިުމެއް ވިއްކަން އިޢުލާނުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
