މާލެ: 31°C

ނިންމާފައިވާ މަގުތަކުގެ އަޑީގައި ވަޅުލާފައިވާ ހޮޅިތައް ފިތޭތީ އައްޑޫގެ މަގުތައް އަލުން ކޮނެގެން ހަދަނީ

ނިންމާފައިވާ މަގުތަކުގެ އަޑީގައި ވަޅުލާފައިވާ ހޮޅިތައް ފިތޭތީ އައްޑޫގެ މަގުތައް އަލުން ކޮނެގެން ހަދަނީ
October 13, 2024
2 ފަހަރު ބަލާފައި
ނިންމާފައިވާ މަގުތަކުގެ އަޑީގައި ވަޅުލާފައިވާ ހޮޅިތައް ފިތޭތީ އައްޑޫގެ މަގުތައް އަލުން ކޮނެގެން ހަދަނީ
އައްޑޫގައި ހަދާ ނިންމާފައިވާ މަގުތަކުގެ އަޑީގައި ވަޅުލާފައިވާ ހޮޅިތައް ފިތޭތީ މަގު ކޮނެގެން އަލުން ހޮޅިތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އައްޑޫ މަގުތައް ހަދަމުން ގެންދަނީ އެއް ބިލިއަން ރުފިޔާއަށް އިންޑިއާ ކުންފުންޏެއް ކަމަށްވާ އެފްކޯންސްއާ ހަވާލުކޮށްގެންނެވެ. އައްޑޫއިން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި އައްޑޫ ހިތަދޫގެ މަގުތައް ހަދައި އާންމުކޮށް ބޭނުންކުރުމަށް ހުޅުވާލިތާ މާގިނަ ދުވަހެއް ނުވެ، ހޮޅި ބެދޭ މައްސަލަ ފާހަގަ ކުރެވިގެން މަގުތައް ކޮނެގެން އަލުން ހަދަން ފެށީ އިންޑިއާ ކުންފުނިން ހެދި ޓެސްޓަކަށް ފަހުއެވެ.

އައްޑޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ހިތަދު އާއި މަރަދޫ އާއި މަރަދޫ ފޭދޫ އާއި ހުޅުދޫގެ އިތުރުން މީދޫގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމާއި މުޅި އައްޑޫގައި 103 ކިލޯމީޓަރުގެ ސްޓޯމް ވޯޓާ ޑްރެއިނޭޖެއް ވެސް މި މަޝްރޫއުގައި ގާއިމްކުރަން ވަނީ އެފްކޯންސްއާ ހަވާލުކޮށްފަ އެވެ.

އެކަމަކު މަސައްކަތުގެ ކުރީކޮޅު ވެސް އެ ކުންފުނިން މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތުން ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ. މަގުތައް ކޮނުނުއިރު ބައެއް ގެތަކުގެ ފާރުތައް ވެއްޓިގެން ވެސް އޭރު ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ