މާލެ: 31°C

ވިއްސާރަވުމުން ހިޔާ ޓަވަރުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރެއްވުމަށް ފަޒުލް ހިޔާ ޓަވަރުތަކަށް ޒިޔާރަތްކުރައްވައިފި

ވިއްސާރަވުމުން ހިޔާ ޓަވަރުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރެއްވުމަށް ފަޒުލް ހިޔާ ޓަވަރުތަކަށް ޒިޔާރަތްކުރައްވައިފި
October 13, 2024
2 ފަހަރު ބަލާފައި
ވިއްސާރަވުމުން ހިޔާ ޓަވަރުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރެއްވުމަށް ފަޒުލް ހިޔާ ޓަވަރުތަކަށް ޒިޔާރަތްކުރައްވައިފި
ވިއްސާރައިގެ ސަބަބުން ހިޔާ ފްލެޓްތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ހިޔާ ޓަވަރުތަކަށް ޒިޔާރަތް ކުރައްވައިފި އެވެ. ފަޒުލް ހިޔާ ޓަވަރުތަކަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގަ އެވެ. އެ ސަރަހައްދަށް ވަޑައިގެން ފަޒުލް ވަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނާއެކު ޓަވަރުތަކުގެ ހާލަތު ބައްލަވާލައްވާފަ އެވެ. އެޗްޑީސީން ބުނީ ފަޒުލްގެ މި ޒިޔާރަތުގައި ވިއްސާރަވުމުގެ ސަބަބުން ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ބައްލަވާލައްވާފައިވާ ކަމަށެވެ. ވިއްސާރައިގެ ސަބަބުން ހިޔާ ޓަވަރުތަކުގައި ފެން ހެދޭ މައްސަލަ މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގައިވެސް ފޮޓޯތަކާއި ވީޑިއޯތައް ވަނީ ދައުރުވެފަ އެވެ. އެގޮތުން އެކި ފަންގިފިލާގެ ކޮރިޑޯ ތަކާއި އެންމެ ތިރީ ފްލޯގައިވެސް ފެން ހެދެ އެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. އަދި ކުރަން ހުރި މަސައްކަތް އަދި ނުކުރެވި ހުރި މަސައްކަތް ހުންނާނެކަމަށް ގަބޫލުކުރައްވާ ކަމުގައި ދެކޭކަމަށް އޭނާ ވިދާޅުވި އެވެ. ފަޒުލް ވިދާޅުވި ގޮތުގައި އެޗްޑީސީގެ ހުރިހާ މުވައްޒިފުންވެސް ވަރުބަލިކަމެއް ނެތި ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ. އަދި އެކަމަށް ފަހުރުވެރިކަވާކަމަށް ވިދާޅުވެ، އެޗްޑީސީގެ މުވައްޒިފުންނަށް ފަޒުލް ޝުކުރު އަދާކުރެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ