މާލެ: 31°C

މޮބައިލް ފޯނު ފިޔަވާ މުވާސަލާތީ އިތުރު އެއްވެސް އެއްޗެއް ފްލައިޓަށް ނޭރުވޭ ގޮތަށް އިރާނުން ހަމަޖައްސައިފި

މޮބައިލް ފޯނު ފިޔަވާ މުވާސަލާތީ އިތުރު އެއްވެސް އެއްޗެއް ފްލައިޓަށް ނޭރުވޭ ގޮތަށް އިރާނުން ހަމަޖައްސައިފި
October 13, 2024
2 ފަހަރު ބަލާފައި
މޮބައިލް ފޯނު ފިޔަވާ މުވާސަލާތީ އިތުރު އެއްވެސް އެއްޗެއް ފްލައިޓަށް ނޭރުވޭ ގޮތަށް އިރާނުން ހަމަޖައްސައިފި

ސެލް ފޯން ފިޔަވައި އިލެކްޓްރޯނިކް މުވާސަލާތީ އެއްވެސް އާލާތެއް ދަތުރުވެރިންނާއެކު މަތިންދާބޯޓަށް އެރުވުން އީރާންގެ ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (ކާއޯ) އިން މަނާކޮށްފި އެވެ. އީރާނުން މި ގަވާއިދަށް އަމަލުކުރަން ފެށީ އިޒުރޭލުގެ ޖާސޫސީ އިދާރާ މޮސާދުން ސެޕްޓެމްބަރު 17 ގައި ލުބްނާނަށް ދިން ޕޭޖަރު ހަމަލާއާ ގުޅިގެން ރައްކާތެރި ފިޔަވަޅެއް ގޮތުގަ އެވެ.

ލުބްނާންގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތައް ޚާއްސަކޮށް ހިޒްބުﷲގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް މޮސާދުން ދިން ޕޭޖަރު ހަމާގައި އެތައް ސަތޭކަ ޕޭޖަރެއް އެއްފަހަރާ ވަނީ ގޮއްވާލާފަ އެވެ.

ޕޭޖަރު ހަމަލާއަށް ފަހު ޖެހިގެން އައި ދުވަހު ސެޕްޓެމްބަރު 18 ގައި ވޯކީޓޯކީތަކެއް ވެސް މޮސާދުން ވަނީ ގޮއްވާލާފަ އެވެ. މޮސާދުން ދިން މި ހަމަލާތަކާ ގުޅިގެން ލުބްނާންގައި ޕޭޖަރާއި ވޯކީޓޯކީ ގެންގުޅޭ ވަރަށް ގިނަ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބި ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ. އީރާންގެ ސިވިލް އޭވިއޭޝަން އޮގަަނައިޒޭޝަނުން ބުނި ގޮތުން މޮބައިލް ފޯން ފިޔަވައި އިލެކްޓްރޯނިކް މުވާސަލާތީ އެއްވެސް އާލާތެއް ދަތުރުވެރިންގެ ފޮށި ތަންމަތީގައި ހިފައިގެން ނުވާނެ އެވެ. އަދި މިފަދަ އަމަލެއް ކޮށްފި ނަމަ އޭވިއޭޝަން ގަވާއިދުގެ އިތުރުން އާންމު ބަސްނޭހުމުގެ ގަވާއިދަށް އަމަލުކުރާނެ ކަމަށް ވެސް ބުންޏެވެ.

އިޒުރޭލުން ލުބްނާނަށް ދިން ޕޭޖަރު / ވޯކީޓޯކީ ހަމަލާގައި 40 މީހަކު ވަނީ މަރުވެފަ އެވެ. އަދި 3،500 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ވެސް ވަނީ މި ހަމަލާއާ ގުޅިގެން އެމިރޭޓްސް އެއާލައިންގެ މަތިންދާބޯޓުތަކުން ދަތުރުކުރާ ދަތުރުވެރިން ޕޭޖަރާއި ވޯކީޓޯކީ ހިފުން މަނާކޮށްފަ އެވެ. ދަތުރުވެރިންގެ ފޮށި ތަންމައްޗަށް އިލެކްޓްރޯނިކް މިވާސަލާތީ އާލާތެއް ލުމަކީ އަދަބު ކަނޑައެޅިފައި އޮތް ކުށަކަށް ވަނީ ހަދާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހިޒްބުﷲ އަށް އަމާލުކޮށް ޕޭޖަރު / ވޯކީޓޯކީ ހަަމަލާދިނުމަށް އިޒުރޭލުގެ ޖާސޫސީ އިދާރާއިން ފަސް އަހަރަށް ވުރެ ގިނަ ދުވަހު ވަނީ ދިރާސާކޮށްފަ އެވެ. މި ހަމަލާދިނުމުގައި ޕޭޖަރާއި ވޯކީޓޯކީގައި ގޮވާތަކެއް ހަރުކުރި ކަމަށްވެސް ޚަބަރުތައް ބުނެ އެވެ. އެކަމަކު މިކަން ކުރި ގޮތް އަދިވެސް އޮތީ ބޮޑު ސިއްރެއްގެ ގޮތުގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ