
ކުރީ ސަރުކާރުން ފަށާފައިވާ ގިނަ ކަންކަން މިސަރުކާރުން ދަނީ ހުއްޓާލަމުން: ޝާހިދު
ކުރީ ސަރުކާރުން ފަށާފައިވާ ގިނަ ކަންކަން މިސަރުކާރުން ދަނީ ހުއްޓާލަމުން: ޝާހިދު
ލިޔުން:
ކުރީ ސަރުކާރުން ފައްޓަވާފައިވާ ގިނަ ކަންތައްތައް މި ސަރުކާރުން ހުއްޓާލަމުންދާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރަކީ ދޮގާއި އޮޅުވާލުމާއި މަކަރާއި ނަފްރަތު އުފައްދާ އަޅުވެތި ކުރުމުގެ ފިކުރު ގެންގުޅޭ ސަރުކާރެއް ކަމަށް ޝާހިދު ވިދާޅުވީ މިއަދު ކުޅުދުއްފުށީގައި އެމްޑީޕީން ފެށި "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅާދެއްވިކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، އެ ނިޒާމުގެ ތެރެއިން ދަތުރުކުރާ ފެރީތައް ގަޑިއަށް ނުލަފާ ކަމަށާއި މަތިންދާބޯޓު ދަތުރުކުރާ މަންޒިލްތަކުން ދަތުރުތައް މަދުކުރަން ފަށައިފި ކަމަށެވެ. އެގޮތުން ލާމު އަތޮޅަށާއި ހުވަދު އަތޮޅަށް އަދި ފުވައްމުލަކަށް ހުރި ދަތުރުތައް މަދުވެއްޖެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމު އެ ޕާޓީއެއްގެ ބަނޑުން ވިހެއި ޕާޓީ ކަމަށާއި އެމްޑީޕީއާ ލާމަރުކަޒީ ނިޒާމު އޮތީ ގުޅިލާމެހިފައި ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭގައި އޮތީ ދެފިކުރުކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގައި އޮތީ ލާމަރުކަޒީ ފިކުރާއި މަރުކަޒުކޮށް ބާރުތައް އެއްތަން ކުރުމުގެ ފިކުރު ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ފިކުރަކީ މިނިވަންކަމުގެ ފިކުރު ކަމަށާއި އެއީ ލާމަރުކަޒީ ކުރުމުގެ ފިކުރު ކަމަށް ޝާހިދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
