ވޯލްޑް ބޭންކުން ބުނަނީ ޚަރަދު ކުޑަނުކޮށް ފަރުޖެއްސެން ނެތް ކަމަށް

ވޯލްޑް ބޭންކުން ބުނަނީ ޚަރަދު ކުޑަނުކޮށް ފަރުޖެއްސެން ނެތް ކަމަށް
ލިޔުން:
ސަރުކާރުން އަދިވެސް ހަރަދުކުޑަކުރަން އަވަސް ފިޔަވަޅުތައް އަޅަންޖެހޭ ކަމުގައި ވޯލްޑް ބޭންކް އިން ބުނެފި އެވެ.
ވޯލްޑް ބޭންކުން ނެރުނު ރާއްޖޭގެ އިޤްތިޞާދީ ހާލަތުގެ އެންމެ ފަހުގެ އަދާހަމަ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މެދުރާސްތާގައި އާމްދަނީ އިތުރުކުރުމަށް ސަރުކާރުގެ ޕްލޭން ރަނގަޅު ކަމުގައި ވިޔަސް، ދައުލަތުގެ ޚަރަދުތައް އިތުރަށް ކުޑަކުރުމަށް މަސައްކަތްކުރަން ޖެހެ އެވެ. 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން ފިސްކަލް ރިފޯމް ޕްލޭނެއް ހުށަހެޅި ނަމަވެސް، އެ ޕްލޭން ތަންފީޒުކުރުމުގައި ވަރަށް މަދު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފޮރިން އެކްސްޗޭންޖް ރިޒާވް ދަށްވެ، އިމްޕޯޓްގައި މިވަގުތު ހުރީ އެންމެ އެއް މަހާއި ދޮޅު މަސް ދުވަހުގެ ރިޒާވެވެ. 2023 ވަނަ އަހަރު ނިމުނުއިރު 590.5 މިލިއަން ޑޮލަރުގައި ހުރި ރިޒާވް، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު 443.9 މިލިއަން ޑޮލަރަށް ދަށްވެފައިވެ އެވެ. އަދި ދަރަނި އަނބުރާ ދެއްކުމުގެ ޕްރެޝަރު ރާއްޖެއަށް ބޮޑުވެފައިވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ އާންމު ދަރަނި ޖީޑީޕީގެ 116.5 އިންސައްތައަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖީޑީޕީ 110.4 އިންސައްތައަށް އިތުރުވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފާ ކުރި ނަމަވެސް މިހާރު ބާކީ އޮތް 65 މިލިއަން ޑޮލަރަކީ އިތުރުވަމުން އަންނަ މާލީ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ މިންވަރެއްގެ އަދަދެއް ނޫން ކަމަށްވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
