
ބްރިޖް ހައިވޭގައި ކުޑަ ކުއްޖަކު ލައްވާ ސައިކަލް ދުއްވި މައްސަލާގައި ފިޔަވަޅު އަޅަނީ
ބްރިޖް ހައިވޭގައި ކުޑަ ކުއްޖަކު ލައްވާ ސައިކަލް ދުއްވި މައްސަލާގައި ފިޔަވަޅު އަޅަނީ
ލިޔުން:
މާލެ ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ކުޑަކުއްޖަކަށް ކޮންޓްރޯލްދީގެން ސައިކަލް ދުއްވި މައްސަލާގައި ފިޔަވަޅު އަޅަން ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ރޭ މީޑިއާތަކަށް ފޮނުވި މައްސަލާގައި ފުލުހުން ބުނީ އެ މައްސަލާގައި ހިމެނޭ މީހާ ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އަދި ގަސްތުގައި ކުޑަކުއްޖަކު ނުރައްކަލަކަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ފިޔަވަޅު އަޅަން ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ ޓްރެފިކްގެ ގާނޫނާ ހިލާފުވި މައްސަލާގައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ސައިކަލުގެ ކުރީގައި ބައިދާފައި އިން ކުޑަ ފިރިހެން ކުއްޖަކު ސައިކަލުގެ މުއްގަނޑުގައި ދެ އަތުން ހިފައިގެން އިން މަންޒަރެވެ. ބެލްޓެއް އަޅުވާފައިބައިދާފައިއިން އެ ކުއްޖާއާއެކު އިން ފިރެހެން މީހާގެ ކަނާތް އަމިއްލަ ފައިގެ މަތީގައި ބާއްވާލައިގެން ހަމަޖެހިގެން އިންއިރު، އޭނާ ހިފައިގެން އިނީ ވާތު ފަރާތުން މުއްގަނޑުގައި އެކަންޏެވެ. އަދި ކަނާއަތުން މުއްގަނޑުގައި ހިފައިގެން އިނީ އެ ކުޑަކުއްޖާއެވެ. ދޭތެރެއަކުން މުއްގަނޑުގައި ހިފާ އަނބުރާލާ މަންޒަރުވެސް ވީޑިއޯއިން ފެނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
