
އާމުންނަށް ހުޅުވާލައިގެން ބަޑިޖެހުމުގެ މުބާރާތެއް ބާއްވަނީ
އާމުންނަށް ހުޅުވާލައިގެން ބަޑިޖެހުމުގެ މުބާރާތެއް ބާއްވަނީ
ލިޔުން:
އާމުންނަށް ހުޅުވާލައިގެން ބަޑިޖެހުމުގެ މުބާރާތެއް ބާއްވަން މޯލްޑިވްސް ޝޫޓިން އެސޯސިއޭޝަނުން ނިންމައިފިއެވެ.
ނޮވެމްބަރ 1 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަޑިޖެހުމުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ގޫގުލް ފޯމެއް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އެ އެސޯޝިއޭޝަނުން ވަނީ ބުނެފައެވެ. އަދި އެފަދަ މުބާރާތެއް އާއްމުންނަށް ބައިވެރިވެވޭ ގޮތައް ހުޅުވާލައިގެން ބޭއްވުމުގެ އެއްމެ ބޮޑު އެއް މަގްސަދަކީ އޮލިމްޕިކްސް ގެ ކުޅިވަރުތަކުގެ ތރޭގައި ހިމެނޭ ޝޫޓީންގ ގައި ރާއްޖެއިން ބައިވެރިވާނެ ފެންވަރު ރަނގަޅު ޓީމެއް އެކުލަވާލުން ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން ކެޓެގަރީތަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ މުބާރާތުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި 500ރ. ދައްކަން ޖެހެ އެވެ. ނަމަވެސް ސްކޫލްތަކުގެ ދަރިވަރުން ދައްކަން ޖެހޭނީ 300ރ. ކަމަށް ޝޫޓިން އެސޯސިއޭޝަނުން ބުނެ އެވެ. އަދި އަލަށް ބައިވެރިވާ ފަރާތްތަކުން އެ އެސޯސިއޭޝަނުން ހިންގާ ވެޕަންހޭންޑްލިން އެވެއާނެސް ޕްރޮގްރާމެއްގައި ބައިވެރިވާންޖެހެއެވެ. އެ ޕްރޮގްރާމް ފުރިހަމަ ނުކުރާ ފަރާތްތަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
