
ސިޓީކައުންސިލުން ޓޫރިޒަމް ޒޯނަކަށް ކަނޑައަޅާފައިވާ ތަނެއް، އެނގުމަކާ ނުލާ ސިފައިންގެ ބޭސްއެއް އެޅުމަށް ދިނުމުން އައްޑޫ މޭޔަރު ނުރުހުން ފާޅުކުރައްވައިފި
ސިޓީކައުންސިލުން ޓޫރިޒަމް ޒޯނަކަށް ކަނޑައަޅާފައިވާ ތަނެއް، އެނގުމަކާ ނުލާ ސިފައިންގެ ބޭސްއެއް އެޅުމަށް ދިނުމުން އައްޑޫ މޭޔަރު ނުރުހުން ފާޅުކުރައްވައިފި
ލިޔުން:
ސިޓީކައުންސިލުން ޓޫރިޒަމް ޒޯނަކަށް ކަނޑައަޅާފައިވާ ތަނެއް، އެނގުމަކާ ނުލާ ސިފައިންގެ ބޭސް އެއް އެޅުމަށް ދިނުމުން އައްޑޫ މޭޔަރު ނުރުހުން ފާޅުކުރައްވައިފިއެވެ.
ގަމުގެ ދެކުނުން ޓޫރިޒަމް ޒޯނެއްގެ ގޮތުގައި އައްޑޫ ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދެއް ސިޓީ ކައުންސިލްގެ ބަހެއްނެތި ސިފައިންގެ ބޭސްއެއް ގާއިމް ކުރުމަށް ދިނުމާގުޅިގެން އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ނުރުހުން ފާޅުކުރައްވައިފިއެވެ.
އެކަމާ ގުޅޭގޮތުން އެމަނިކުފާނު އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ ގަމަކީ އައްޑޫ ސިޓީ ތަރައްގީގެ ޕްލޭންތަކާއި ގުޅިފައިވާ މުހިންމު މަސައްކަތް ތަކެއް ހިގަމުންއަންނަ މަރުކަޒެއް ކަމަށާއި، އެގޮތުން ގަމުގެ ދެކޮޅުގައި ޓޫރިސްޓް ހޮޓަޅެއް ތަރައްގީ ކުރުމަށް ޕްލޭން ކޮށްފައިވަނިކޮށް އައްޑޫ ކައުންސިލައްވެސް އަދި އައްޑޫގެ މެންބަރުންނަށްވެސް ނޭނގި ގަމުގެ އެ ސަރަޙައްދު ސިފައިންގެ ބޭސް އެއް އެޅުމަށް ދިނުމަކީ އައްޑޫގެ ތަރައްގީއަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމެއްކަމަށެވެ.
އަދި އިތުރަށް އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ އެ ނިންމުމަކީ އައްޑޫ އެއާޕޯޓްސް ކޮމްޕަނީގެ ވިސްނުމާ ދެކޮޅަށް އަދި އައްޑޫ ސިޓީކައުންސިލަށް ވެސް އެނގުމެއްނެތި، އޭގެ އިތުރުން އައްޑޫގެ މަޖޖިލިސް މެންބަރުންނަށްވެސް އެނގުމެއްނެތި ކޮށްފައިވާ ކަމެއްކަން ހިތާމަޔާއިއެކު ފާހަގަކުރާ ކަމަށާއި، އެގޮތަށް އެކަން ކުރުމަކީ ރުހެވޭނެ ކަމެއް ނޫންކަމަށާއި، އެފަދަ ކަންކަމުގައި މަޝްވަރާކޮށްގެން އައްޑޫގެ ތަރައްގީގެ ޕްލޭންތަކާ އެއްގޮތައް އައްޑޫގެ ކޮންމެތާކުންވެސް ސިފައިންނާ ފުލުހުންނަށް ބޭނުންވާ ބިންތައް ދިނުމަށް އެއްބަސްވާނެ ކަމަށްވެސް ބަޔާންކޮސްފައިވެއެވެ.
އަދި މާޒީގައި އެފަދަ ކަންކަމުގައި އެގޮތަށް އެކައުންސިލުން އަމަލުކޮށްފައިވާނެކަމަށްވެސް މޭޔަރުގެ ޕޯސްޓްގައި ބަޔާންކޮފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
