އީލޮން މަސްކުގެ އޮޕްޓިމަސް ޖެން 2 ހިއުމަނޮއިޑް ރޮބޮޓްތައް ވަރަށް އަވަހަށް އިންސާނުންނާއެކު އުޅެން ފަށާނެ

އީލޮން މަސްކުގެ އޮޕްޓިމަސް ޖެން 2 ހިއުމަނޮއިޑް ރޮބޮޓްތައް ވަރަށް އަވަހަށް އިންސާނުންނާއެކު އުޅެން ފަށާނެ
ލިޔުން:
އެމެރިކާގެ ކެލިފޯނިއާ ގައި ރޭ ބޭއްވި ޓެސްލާ އިވެންޓްގައި އީލޮން މަސްކް ވަނީ ޓެސްލާގެ ހިއުމަނޮއިޑް ރޮބޮޓް އޮޕްޓިމަސް ޖެން 2 ގެ އާ ވާޝަން ދައްކާލާފައެވެ.
ރޭބޭއްވި ޓެސްލާ އިވެންޓް ގައި އީލޮން މަސްކު ވަނީ އެ ރޮބޮޓް ތަކުގެ ނެށުމުގެ ހުނަރުތައްވެސް ދައްކާލާފައެވެ. އޭގެ އިތުރުން ޓެސްލާގެ ސައިބަރކެބް ގެ އައު ރޮބޯޓެކްސީ އާއި ރޮބޯވޭން ވެސް ވަނީ ދައްކާލާފައެވެ.
އެ ރަސްމިއްޔާތުގައި ރޮބޮޓަ ތައް ގޭތެރޭގެ އާއްމު މަސައްކަތްތައް ކަމުގައިވާ ގޭތެރެ ސާފުކުރުމާއި، ގޭތެރޭގގައި ހުންނަ ގަސްތަކަށް ފެންދޭ މަންޒަރާއި، ގޭގެ މީހުންނަށް ފެންފަދަ ބުއިންތައް ގެނެސްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ދައްކާލަމުން އީލޮން މަސްކު ބުނެފައިވަނީ އެ ރޮބޮޓް ތަކަކީ އިންސާނުންނާއެކު ދުވަހުގެ އާއްމު ދިރިއުޅުމުގައި ކުރާ ހުރިހާ ކަންކަމުގައި ޝާމިލް ވެ އުޅޭ ގޮތައް މިހާތަނަށް އުފައްދާފައިވާ އެއްމެ ބޮޑު އުފެއްދުން ކަމަށެވެ.
އެ އިވެންޓުގައި އޮޕްޓިމަސް ޖެނެރަލް 2 ރޮބޮޓް ތަކެއް ސްޓޭޖަށް އަރައި ޑާންސް ކުރާ މަންޒަރު ހުށަހަޅާދިނުމށްފަހު އީލޮން މަސްކު ވަނީީ ރޮބޮޓްތައް ހިނގާފައި ދިއުމުން ފެށިގެން ޓޭބަލް ގޭމް ކުޅުމާއި، ގޭ ބޭރުގެ ވިނަގަނޑު ކޮށުމާއި، ކުޑަދަރިފުޅު ބެލުން ފަދަ ކޮންމެ ކަމެއް ވެސް އެ ރޮބޮޓް ތަކަށް ކުރެވޭނެ ކަމަށް ބުނެފަ އެވެ.
އީލޮން މަސް ބުނެފައިވަނީ އޮޕްޓިމަސް ޖެނެރޭޝަން 2 ރޮބޮޓެއްގެ އަގަކީ ގާތްގަނޑަކަށް 30،000 ޑޮލަރު ކަމަށެވެ. އަދި ވަރަށް އަވަހަށް އިންސާނުންނާއެކު މި ރޮބޮޓްތައް އުޅޭތަން ފެންނާނެކަމަށްވެސް އީލޮން މަސްކު ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
