މާލެ: 31°C

ރީތި ތާރީހެއްގައި ޒާރާ އާއި ސިޔާމް ކައިވެނިކޮށްފި

ރީތި ތާރީހެއްގައި ޒާރާ އާއި ސިޔާމް ކައިވެނިކޮށްފި
October 10, 2024
2 ފަހަރު ބަލާފައި
ރީތި ތާރީހެއްގައި ޒާރާ އާއި ސިޔާމް ކައިވެނިކޮށްފި

މިދިޔަ ބޮޑު އީދުގައި ބ. ކަމަދޫން ގިނަ ބައެއްގެ ލޯބި ހޯދި ނެށުންތެރިޔާ އާމިނަތު ޒާރާއާ، ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) މިއަދު ކައިވެނި ބައްލަވައިގެންފި އެވެ.

އުމުރުން 55 އަހަރުގެ ސިޔާމް އާއި 23 އަހަރުގެ ޒާރާގެ ކައިވެނީގެ ހަފުލާ މިއަދު ހަވީރު ބޭއްވީ މާލެ އަތޮޅުގައި އޮންނަ ސިޔާމްގެ އޮޅުވެލި ރިސޯޓުގަ އެވެ. އެ ހަފުލާގައި ޒާރާގެ އާއިލާގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

ރާއްޖޭގައި ފަހުގެ ތާރީހެއްގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު މި ކައިވެނީގެ ރަނަކީ 2،024 ރުފިޔާ އެވެ.

ޒާރާގެ ރަށް، ކަމަދޫގެ ރައްޔިތުންނަށް ހާއްސަ ހަފުލާއެއް ވެސް މި ހަފުތާ ބަންދުގައި ބާއްވަން ވަނީ ނިންމައިފަ އެވެ. ޒާރާ އެންމެ ފަހުން މަސައްކަތް ކުރަމުން އައީ ކަމަދޫ ކައުންސިލްގެ އިދާރާގަ އެވެ.

ސިޔާމް އާއި ޒާރާގެ ކައިވެންޏާ ދިމާކޮށް ކަމަދު އަށް ވަނީ ތިން އަސް ވެސް ގެންގޮސްފަ އެވެ. އެއީ ހުދުކުލައިގެ ދެ އަހާއި މުށިކުލައިގެ އަހެކެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ