މާލެ: 31°C

ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އިސްލާހު އޭޖީއަށް

ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އިސްލާހު އޭޖީއަށް
October 10, 2024
2 ފަހަރު ބަލާފައި
ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އިސްލާހު އޭޖީއަށް
ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ލިބޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަން އެޓާނީ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިިފި އެވެ. އިލެކްޝަންސް ކޮމިޝަންގެ ސައިޓުގައި ޝާއިއުކުރި ހަބަރެއްގައި ބުނީ އެ އިސްލާހުތަަކަކީ 2019 ވަނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ އިސްލާހުތަކެއް ކަމަށެވެ. އަދި އެ އިސްލާހުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތުދީގެން 2024 އޮކްޓޫބަރު 8 ވީ އަންގާރަ ދުވަހު ވަނީ އިތުރު ބައްދަލުވުމެއް ބޭއްވި ކަމަށްވެސް އިލެކްޝަނުން ބުނެފައިވެ އެވެ. އެ އެ ބައްދަލުވުމުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ، އަދި ކޮމިޝަނުގެ ފަސް މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ގުޅުންހުރި ސެކްޝަންތަކުގެ ވެރިން ބައިވެރިވި އެވެ. އިލެކްޝަންސްއިން ބުނީ އެ އިސްލާހުތައް ފާސްވެއްޖެނަމަ 3000 ހަމަވާ ކޮންމެ ޕާޓީއަކަށްވެސް ސިޔާސީ ޕާޓީތަަކަށް ދޫކުރާ ފައިސާގެ 25 ޕަސެންޓް ލިބޭނެ ކަމަށެވެ. އަދި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް، ޕާޓީތަކަށް ދޫކުރާ ފައިސާގެ 25 ޕަސެންޓް ދޫކުރާނެ ކަމަށެވެ. އަދި ބާކީ ފައިސާ ދޫކުރާނީ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލިބޭ ނިސްބަތަށާއި ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ މަޖިލިސް އިންތިހާބުގެ ނަތީޖާއިން 30 ޕަސެންޓް އަދި ކައުންސިލް އިންތިހާބުގެ ނަތީޖާއިން 20 ޕަސެންޓްގެ ފައިސާ ލިބޭ ގޮތަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ